twitterviber whatsapp telegramfacebookyoutube instagram
7th September 2026

ރެސިޕީ: ޕެންޑަން ކޭކް

Apr 30, 2020

ބޭނުންވާ ތަކެތި:

  • 3 ޖޯޑު ރާނބާ ފަތް
  • 2/1 ޖޯޑު ކާށި ކިރު
  • 2 މޭޒުމަތީ ސަމްސާ ފެން
  • 1 ޖޯޑު ފުއް
  • 2/1 2 ސައި ސަމުސާ ބޭކިން ޕައުޑަރ
  • 5 ބިސް
  • 2/1 ޖޯޑު ހަކުރު
  • 2 ބިހުގެ ގޮބޮޅި
  • 2/1 ޖޯޑު ތެޔޮ

ތައްޔާރު ކުރާނެ ގޮތް:

160 ޑިގްރީ އަށް އަވަން ހޫނު ކުރަން ޖައްސާށެވެ. ދެން ރާނބާ ފަތް ކޮޅާއި، ކާށި ކިރާއި ފެން، މިކްސްޗަރަށް އަޅާ ރަނގަޅަށް ގިރާލުމަށް ފަހު ފުރާނާލާށެވެ. އެއަށް ފަހު ބިހާއި ހަކުރު އަދި ތެޔޮ އެއްކޮށް ރަނގަޅަށް ގިރާލާށެވެ. ދެން ފުށާއި ބޭކިން ޕައުޑަރ އެއްކޮށްލުމަށް ބިހާއި ހަކުރު ގެ މިކްސް އަށް އަޅަމުންގެންދާށެވެ. އަދި މީގެ ތެރެއަށް ކުރިން ހެދި ރާނބާ ފަތް ކިރު ކޮޅު ވެސް އެއްކޮށްލައި ރަނގަޅަށް ގިރާލާށެވެ. ޓްރޭ އެއްތައްޔާރުކޮށްލުމަށްފަހު ކޭކް މިކްސް އޭގެ ތެރެއަށް އަޅާލައި 25 މިނަޓު ފިހެލާށެވެ.

އެހެން ރޯދަމަސްތަކާއި ހިލާފަށް މި ރޯދަ މަހު ވީހާވެސް މަދުން ކާތަކެތި ތައްޔާރުކޮށް އިސްރާފުކުރުން އެކޮށްހެން ނައްތާލާ، ބާކީވެފައި ހުންނަ ކާނާ ރައްކާކޮށް އެހެންފަހަރަކުން ބޭނުންކުރެވޭނެ ކަހަލަ ގޮތަކަށް ރާވަންވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355