twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ވަޒީފާގެ ހާލަތައް ބަދަލު އައިސްފައިވާ ފަރާތްތަކުން ޖޮބް ސެންޓަރަށް އެންގުމަށް އެދެފި

ނަބީލާ އިސްމާޢީލް
Apr 26, 2020

ކޮވިޑް-19 އާއި ގުޅިގެން ވަޒީފާގެ ހާލަތައް ބަދަލު އައިސްފައިވާ ފަރާތްތަކުން ޖޮބް ސެންޓަރަށް ގުޅުމަަށް އިކޮނޮމިކް މިނިސްޓްރީން އެދެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭ ޓޫރިޒަމް އިންޑަސްޓްރީ އެއްކޮށް މިވަނީ ހުއްޓި އެދާއިރާގެ ގިނަ ބައެއްގެ ވަޒީފާ ގެއްލި، ނޯޕޭލީވް، ނުވަތަ މުސާރަ ކުޑަކުރަމުންދާ ކަމުގެ ޝަކުވާތައް އަންނަމުންދާތީ، ސަރުކާރުން ވަނީ އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށް މުސާރަ ކުޑަ ކުރުންފަދަ ކަންކަން ނުކުރުމަށް ވަޒީފާ ދޭ ފަރާތްތަކަށް އިލްތިމާސްކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އިޤުތިސޯދަށް އަންނަ ލޮޅުންތަކާއެކު ޕްރައިވެޓް ސެކްޓަރ ގައި މަސައްކަތްކުރާ ގިނަ ބައެއްގެ ވަޒީފާ ގެއްލި މުސާރަ ކުޑަކުރުމާއި ނޯޕޭ އަށް ފޮނުވާލުމުގެ ކަންކަން ވަނީ ހިނގާފަ އެވެ. އެއާއެކު ސަރުކާރުން ވަނީ ޖޮބް ސެންޓަރެއް ގާއިމުކޮށް އެފަދަ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް ހުޅުވާލާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ރިލީފް ޕެކޭޖާ ގުޅިގެން ކަންކަން ގޮސްފައިވާ ހިސާބާ ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިދިއަ ހަފުތާގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިސެންޓަރުގައި 1300 އެއްހާ މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެ ހާލަތައްބަދަލު އައިސފައިވާ މީހުންނަށް ކުރިޔަށް އޮތް 3 މަސް ދުވަހު ކޮންމެ މަހަކު 5000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފަ އެވެ.

ޖޮބް ސެންޓަރުގައި ރިޕޯޓުކުރުމަށް އެހީތެރިކަން ބޭނުންފުޅުވާނަމަ އެ ސެންޓަރުގެ ކޯލް ސެންޓަރުގެ ނަންބަރު 1475އަށް ގުޅައިގެން އެހިދުމަތް ލިބޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355