ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް 75 ރުފިޔާ އަށް 3 ޖީބީގެ ޑޭޓާ ލިބޭ ޕެކޭޖެއް ތައާރަފުކޮށްފި އެވެ.
ދިރާގުން ބުނީ މި ދުވަސްވަރު ގޭގައި ތިބެން ޖެހުމުން އިންޓަނެޓް ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެހެންކަމުން މި ޕެކޭޖަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ލުޔެއް ހޯދައި ދިނުމަށް ތައާރަފުކުރި ޕެކޭޖެއް ކަމަށެވެ. އަދި މި ދުވަސްވަރު އެކަކު އަނެކަކާ އޮންނަ ގުޅުން ބަދަހިކުރުން ޑިޖިޓަލް ވެފައިވާއިރު އިންޓަނެޓު މުހިންމުވެފައިވާ ކަމަށް ވެސް ބުންޏެވެ.
މި ޕެކޭޖް އެ ކުންފުނީގެ އެޕްލިކޭޝަން މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވެ އެވެ. ޕެކޭޖްގެ މުއްދަތަކީ ހަތް ދުވަހެވެ.
މީގެ އިތުރުން ދިރާގުން ވަނީ މި މަހު އެކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް 50 ޕަސެންޓު އިތުރު ޑޭޓާ ވެސް ދީފަ އެވެ. އަދި މެއި މަހު ވެސް މި ޑޭޓާ ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ބުނީ މެއި މަހުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށް ގެންދާ އިރު މި އަގުގައި އިންޓަނެޓް ދޫކުރަން ނިންމީ ކޮވިޑް-19 އާއި ގުޅިގެން ކަމަށެވެ.