twitterviber whatsapp telegramfacebookyoutube instagram
10th November 2026

ރެސިޕީ: ކޮކްނަޓް ޕޭންކޭކް

ނަބީލާ އިސްމާޢީލް
Apr 28, 2020

ބޭނުންވާ ތަކެތި:

  • 2/1 1 ގަބުޅި ގާނާފައި
  • 2/1 ޖޯޑު ގޮދަންފުއް
  • 2/1 ޖޯޑު ހަކުރު
  • 1 ބިސް
  • 1 ސަމްސާ ބޭކިންގ ޕައުޑަރ
  • 1 މޭޒުމަތީ ސަމުސާ ފިނިފެން ( ރޯސްވޯޓަރ)/ ރޯސް އެސެންސް

ތައްޔާރުކުރާނެ ގޮތް:

ގަބުޅި ހުނި މިކްސްޗަރުން ހިމުންކޮށްލާށެވެ. ހުނިކޮޅު ތައްޓަކަށް އަޅާފައި އޭގެ ތެރެއަށް ހަކުރު އެޅުމަށްފަހު ރަނގަޅަށް މިކްސްކޮށްލާށެވެ. ދެން ބިސް، ގޮދަންފުށް، ބޭކިންގ ޕައުޑަރ އަދި ކުޑަފެންފޮދެއް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ފިނިފެން ނުވަތަ ރޯސް އެސެންސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ފޮޅި ފިހޭވަރަށް ވުރެން ހަރު ނަމަ ކުޑަފެންފޮދެއް އެޅުމަށްފަހު ފޮޅި އެޅޭވަރަށް ދިޔާކޮށް ލާށެވެ. ދެން ތަވާގައި ކުޑަ ތެޔޮފޮދެއް ހާކާލާފައި ފޮޅި އަޅާފައި ދެފުށް ރޯފިލަންދެން ފިހެލާށެވެ.

އެހެން ރޯދަމަސްތަކާއި ހިލާފަށް މި ރޯދަ މަހު ވީހާވެސް މަދުން ކާތަކެތި ތައްޔާރުކޮށް އިސްރާފުކުރުން އެކޮށްހެން ނައްތާލާ، ބާކީވެފައި ހުންނަ ކާނާ ރައްކާކޮށް އެހެންފަހަރަކުން ބޭނުންކުރެވޭނެ ކަހަލަ ގޮތަކަށް ރާވަންވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293