ފުރަތަމަ ފުށާއި ބޭކިންގ ޕައުޑަރ އަދި ކޮފީ އެއްކޮށް ފުރާނާލާފައި ބަހައްޓާށެވެ. ދެން ބަޓަރު/ މާޖިރިންގ ހަކުރާއި އެއްކޮށްލުމަށްފަހު ބިހަކާއި ފަހަރަކު ކުޑަފުށްކޮޅަކާއި އެއްކޮށް އޮލަވަންދެން ގިރާލާށެވެ. ދެން އެސެންސް އަދި މޭބިސްކަދުރު އެއްކޮށްލާފައި ޓްރޭއެއްގައި ބަޓަރު ހާކާލާފައި ތައްޔާރުކުރި ފުށްގަނޑު އަޅާލުމަށްފަހު އަވަނުން ފިހެލާށެވެ. ކޭކް ފިހެވުމުން ގާނިޝްކޮށްލުމަށް އައިސިން ޕައުޑަރ ނުވަތަ ކޮކޯ ޕަޑަރުން ޑަސްޓް ކޮށްލާށެވެ.
އެހެން ރޯދަމަސްތަކާއި ހިލާފަށް މި ރޯދަ މަހު ވީހާވެސް މަދުން ކާތަކެތި ތައްޔާރުކޮށް އިސްރާފުކުރުން އެކޮށްހެން ނައްތާލާ، ބާކީވެފައި ހުންނަ ކާނާ ރައްކާކޮށް އެހެންފަހަރަކުން ބޭނުންކުރެވޭނެ ކަހަލަ ގޮތަކަށް ރާވަންވާނެ އެވެ.