twitterviber whatsapp telegramfacebookyoutube instagram
24th September 2026

ދިރާގުން ރޯދަ މަހަށް ހާއްސަ އޮފާތަކެއް

ނަބީލާ އިސްމާޢީލް
Apr 28, 2020

ދިރާގުގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި ދިރާގު ޕޭއަށް އަމާޒުކޮށްގެން ރޯދަމަހަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފި އެވެ.

ދިރާގުން ބުނީ މި ރޯދަ މަހާ ކުރިމަތިލާން ޖެހުނީ ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ކަމަށާއި އެހެން ކަމުން ސޯޝަލް މީޑިއާ ބޭނުން ކުރާ މިންވަރު އިތުރުވެފައި ވާތީ ތައާރަފުކުރި އޮފާ ތަކަކީ މި ދުވަސްވަރު އެ ކުންފުނީގެ ކަސްޓަމަރުންނަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން ހާއްސަ ކޮށްފައިވާ އޮފާތަކެއް ކަމަށެވެ.

ދިރާގު ޕޯސްޕެއިޑް ހުރިހާ ކަސްޓަމަރުންނަށް އިތުރު ސޯޝަލް މީޑިއާ ޑޭޓާ ލިބޭ ޕްރޮމޯޝަންގެ މުއްދަތު ވަނީ މެއި މަހުގެ ނިޔަލަށް އިތުރު ކުރަން ނިންމާފަ އެވެ.

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ބޭނުން ކުރުމުގައި އިތުރު ލުއި ފޯރުކޮށްދިނުމުގެ ގޮތުން 75 ރުފިޔާއަށް 3 ޖީބީގެ ޑޭޓާ ލިބިގެންދާ ޑޭޓާ ޕެކެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ. މި ޑޭޓާގެ މުއްދަތަކީ އެކްޓިވޭޓް ކުރާ ވަގުތުން ފެށިގެން ހަތް ދުވަހެވެ.

މާލެ ސިޓީ ލޮކްޑައުން ހާލުތުގައި އޮތުމުގެ ސަބަބުން ފިތުރު ޒަކާތް ދައްކަން ޑިޖިޓަލް ވަސީލަތްތައް ވަނީ ކުރިއަށްވުރެ ބޮޑަށް މުހިންމުވެފަ އެވެ. މިއަހަރު ވެސް ދިރާގު ހުރިހާ ކަސްޓަމަރުންނަށް ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ އެވެ.

މީގެ އިތުރުން، ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނެ މަގު ވެސް ދިރާގުން ވަނީ ފަހިކޮށްދީފައިއެވެ. އެސް.އެމް.އެސް. މެދުވެރިކޯށް ފިތުރު ޒަކާތް ދެއްކުމަށް ގުޅަން ޖެހެނީ #5*454* އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293