twitterviber whatsapp telegramfacebookyoutube instagram
10th November 2026

ރެސިޕީ: ކޮއްތު ރޮށި

ނަބީލާ އިސްމާޢީލް
Apr 29, 2020
1

ބޭނުންވާ ތަކެތި:

  • 10 ރޮށި (ކުދިކޮށް ކޮށާފައި)
  • 2/1 ޖޯޑު ކެރެޓް (ތުނިކޮށް ކުދިކޮށް ކޮށާފައި)
  • 2/1 ޖޯޑު ކެބެޖް ( ކުދިކޮށް ކޮށާފައި)
  • 1 ކެޕްސިކަމް (ކުދިކޮށް ކޮށާފައި)
  • 1 ފިޔާ (ކޮށާފައި)
  • 3 ލޮނުމެދު (ކުދިކޮށް ކޮށާފައި)
  • 1 ދަޅު ތެޔޮ މަސް
  • 4 ކުކުޅު ބިސް
  • 2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
  • 1 ސައިސަމުސާ ފުއްލާ ޖެހި ހަވާދު (ރީނދޫ ދަޅު)
  • 4 ތިކި ފިސް ސޯސް
  • 5 ހިކި މިރުސް
  • ހިކަނދިފަތް
  • ލޮނު

ތައްޔާރުކުރާނެ ގޮތް:

ތެޔޮމަސް ދަޅުގެ ތެޔޮފޮދުގައި ފިޔާ، ލޮނުމެދު މީރުކޮށްލާށެވެ. ފިޔާކޮޅު ރަތް ވާން ފެށީމައި، ޓޮމާޓޯ ޕޭސްޓް، ލޮނު އަޅާށެވެ. ހިކި މިރުސް، ހަވާދު އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާފައި މަސްދަޅު އަޅާލާށެވެ. ދެން ކެރެޓް، ކެބެޖް، ހިކަނދިފަތް އަދި ކެޕްސިކަމް އެޅާށެވެ. ފިޝްސޯސް އެޅުމަށް ފަހު، ވަރަށް ރަނގަޅަށް އެއްކޮށްލަންވާނެ އެވެ. ރޮށި އެޅުުމަށް ފަހު އަނެއްކާ ވެސް އެއްކުރަމުން ބިސް އަޅާލާށެވެ.

ކޮއްތު ރޮށި ތައްޔާރުކުރުމަށް އިއްޔެ ފިހެފައި ބާކީވެފައި ހުރި ރޮށި ބޭނުންކުރެވިދާނެ އެވެ. ބާކީވެފައި ހުންނަ ކާތަކެތިން ތައްޔާރުކޮށްލެވިދާނެ ކާނައެކެވެ.

އެހެން ރޯދަމަސްތަކާއި ހިލާފަށް މި ރޯދަ މަހު ވީހާވެސް މަދުން ކާތަކެތި ތައްޔާރުކޮށް އިސްރާފުކުރުން އެކޮށްހެން ނައްތާލާ، ބާކީވެފައި ހުންނަ ކާނާ ރައްކާކޮށް އެހެންފަހަރަކުން ބޭނުންކުރެވޭނެ ކަހަލަ ގޮތަކަށް ރާވަންވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293