twitterviber whatsapp telegramfacebookyoutube instagram
4th October 2022

މޯލްޑިވިއަނުން 15062 ކިލޯގެ މުދާ ރާއްޖެ ގެނެސްފި

May 4, 2020

މޯލްޑިވިއަނުން މިރޭ 15062 ކިލޯގެ މުދާ ރާއްޖެ އެތެރެކޮށްފި އެވެ.

މޯލްޑިވިއަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިރޭ މޯލްޑިވިއަންގެ ކާގޯ ފްލައިޓެއް ކޮލަންބޯއިން 15062 ކިލޯގެ މުދާ ހިފައިގެން ރާއްޖެ އައިސްފައިވާ ކަމަށެވެ.

މޯލްޑިވިއަނުން ވަނީ މިދިޔަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުވެސް ބެންކޮކުން 7383 ކިލޯގެ މުދާ ރާއްޖެ ގެނެސްފައެވެ. ކޮވިޑާއި ގުޅިގެން މޯލްޑިއަންގެ ދަތުރުތައް ހުއްޓާލާފައިވާއިރު މިވަގުތު ކުރަމުން ދަނީ ކާގޯ ދަތުރުތަކާއި، ރާއްޖޭން ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ކުރާ ދަތުރުތައް އެކަންޏެވެ.

މީގެ އިތުރުން މޯލްޑިވިއަނުން މިހާރު ވަނީ އަތޮޅުތަކަށްވެސް ކާގޯ ދަތުރުތައް ފަށާފައެވެ. މިއީ އަތޮޅުތަކަށް މުދާ ގެންދިއުމުގައި ދިމާވާ ދަތިތައް ހައްލު ކުރަން މޯލްޑިވިއަނުން ފަށާފައިވާ ދަތުރު ތަކެކެވެ.

އެގޮތުން މޯލްޑިވިއަން އިން ކޮންމެ ދުވަހަކު ވެސް ޑޮމެސްޓިކް ހުރިހާ އެއާޕޯޓްތަކަށް ދަތުރުކުރާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. އެ ދަތުރުތަކުގައި އެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި އަދި އެހެނިހެން ބާވަތްތައް ދަނީ ފޯރުކޮށްދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355