twitterviber whatsapp telegramfacebookyoutube instagram
18th May 2024

ބިލިއަނަރު އޮންގް ހަދިޔާކުރި 15 ވެންޓިލޭޓަރު ރާއްޖެ ގެނެސްފި

ނަބީލާ އިސްމާޢީލް
May 5, 2020

ސިންގަޕޫރުގެ ބިލިއަނަރު އޮންގް ބެންގް ސެންގްގެ ހޮޓެލް ޕްރޮޕަޓީ ލިމިޓެޑް (އެޗްޕީއެލް) އިން ރާއްޖެ އަށް ހަދިޔާކުރި 15 ވެންޓިލޭޓަރު އިއްޔެ ރާއްޖެ ގެނެސްފި އެވެ.

ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގާ ސިންގަޕޫރުގެ ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް)ގެ އޯނަރު އަދި ބިލިއަނަރު އޮންގް ރާއްޖެއަށް ހަދިޔާކުރި މި ވެންޓިލޭޓަރުތައް އިއްޔެ ލިބިފައިވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ޓްވީޓުކުރައްވާފައެވެ.

އޮންގް މި ވެންޓިލޭޓަރުތައް ހަދިޔާކުރެއްވީ މިދިޔަ މަހުގެ ފަހުކޮޅެވެ. އެ ތަކެތި ރާއްޖެ ގެނައީ، ތައިލެންޑުގެ ބެންކޮކުން އިއްޔެ އައި ކާގޯ ފްލައިޓަކުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ވެންޓިލޭޓަރުތަކުގެ އިތުރުން 150،000 ފޭސް މާސްކު ވެސް އޮންގް ވަނީ ރާއްޖެ އަށް ހަދިޔާ ކުރައްވައިފަ އެވެ. މާސްކްތައް ރާއްޖެ އަށް ގެނެވޭ ވަރު ވާނީ އަންނަ ހަފުތާގައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި މަތިންދާބޯޓުގައި، ސިންގަޕޫރުގެ އެހެން ކުންފުންޏެއް ކަމަށްވާ ހިއަޕް ހުއަޕް ޕެއިންޓްސްގެ އިސްވެރިން ޖޮސެފް އިންގް އާއި އިންގް ސްވާން މީން ރާއްޖެ އަށް ދެއްވި 5،000 މާސްކު ވެސް ގެނަ އެވެ.

އެ ދެ ކުންފުނީގެ އިސްވެރިން ރާއްޖެ އަށް ވެ ދެއްވި ދީލަތި އެހީ އަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޝުކުރު އަދާކުރެއްވި އެވެ. އަދި ވެދެއްވި އެހީތަކުގެ މަތިން ދުވަހަކުވެސް ހަދާން ނައްތާނުލެވޭނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސިންގަޕޫރުގެ އިތުރުން އެހެން ގައުމުތައް ވެސް އަންނަނީ ރާއްޖެއަށް އެކި އެހީ ވަމުންނެވެ.

ރާއްޖޭގައި ހިންގާ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން ވެސް ފަސް ވެންޓިލޭޓަރާއި ޓެސްޓް ކިޓާއި ފޭސް މާސްކް ފަދަ އެއްޗެހި ވަނީ ހަދިޔާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355