twitterviber whatsapp telegramfacebookyoutube instagram
26th April 2024

އަޔަރލޭންޑުގެ ނަރުހަކަށް އިސްލާމް ދީނުގެ ހިދާޔަތް ލިބުނުގޮތުގެ ވާހަކަ

އަހުމަދު ހާމީ
May 8, 2020

ބްރިގިޑް އައިލްވަރޑް އަކީ، އަޔަރލޭންޑުގެ ޔުނިވަރސިޓީ ހޮސްޕިޓަލް ވޯޓަރފޯޑުގެ ނަރުސްކަން އުނގެނި އަމަލީގޮތުން އެކަންތައް ދަސްކުރަމުން އައި ފަރާތެކެވެ. އޭނާ ބޮޑުވީ ކްރިސްޓިއަނެއްގެ ގޮތުގައެވެ. ބްރިގިޑް ހާމަކުރި ގޮތުގައި ދުނިޔެވީ މި ވަގުތީ ހަޔާތުގައި އޭނާގެ މިސްރާބާއި ދިރިއުޅުމުގެ ބޭނުމަކީ ކޮބައިކަމާމެދު ވިސްނަން ފެށުނީ، މައިންބަފައިންނާ ވަކިން ދިރިއުޅެން ފެށުނު ހިސާބުންނެވެ. އެގޮތުން މުސްލިމް ގައުމަކަށް ދަތުރުކޮށް ނަރުހެއްގެ ވަޒީފާއަދާކުރުމަށް ނިންމިއެވެ. ވަކިން އުޅެ ދުނިޔެވީ ހަޔާތާއި އޭގެ އަސްލު ބޭނުމާއި ދޭތެރޭ ވިސްނުމުން ކަލާނގެ އާއި ގުޅުން ބަދަހިވެ އުޅެންވީ ގޮތް ސާފުވެގެންދާނެކަމަށް އޭނާ ގަބޫލްކުރިއެވެ.

ބްރިގިޑް ގެ މި ވިސްނުމާއެކީ، ސައުދީ އަރަބިޔާއަށް ދަތުރުކުރިއެވެ. ސައުދި އަރަބިޔާގައި އޭނާ ފުރަތަމަ ހޭދަކުރި ދުވަސްތަކުގައި، އެގައުމުގެ އަންހެނުން ހެދުން އަޅާފައި ހުންނަގޮތާއިމެދު ވަރަށް ހައިރާންވެ، މިއީ ކިހިނެއް އުޅޭ ބައެއްބާއޭވެސް ހިތަށް އައި ވަގުތުތައް ދިޔަކަން ފާހަގަކުރިއެވެ. އަދި އެކަމާއި ދެރަވެ އެ އަންހެނުންނާ ދޭތެރޭ ހަމްދަރުދީވެސް ވީކަމަށް އޭނާ ބުނެފައިވެއެވެ. އަހަރެން ދުށް ގޮތުގައި މުޖުތަމަޢުގައި އެއްވެސް ބައެއްގެ ގޮތުގައި އެގައުމުގެ އަންހެނުން ނުވެއެވެ. މިއީ އޭނާ އުފަން ގައުމު އަޔަރލޭންޑުގެ މީހުންގެ ވެސް ވިސްނުމެވެ.

ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ތެރޭގައި އޭނާއާ ދިމާވި ބުރުގާ އަޅާފައިވާ އަންހެނުންގެ ގިނަ ވާހަކަތައް މޭރުންވާން ފެށިއެވެ. ބުރުގާ އަޅާ ނިވައުވެފައިވަނީ އެމީހުން އަމިއްލައަށް އެއްވެސް މަޖުބޫރުކަމެއް ނެތިކަމާއި، އެއީ ހަމަ ވިސްނޭ ރަނގަޅު އަންހެނުންކަން ބްރިގިޑް އަށް ފާހަގަވިއެވެ. އަދި އެމީހުންގެ އޯގާތެރިކަމާ އެކަކު އަނެކަކަށް އޮންނަ ލޯބީގެ ގާތް ގުޅުން އޭނާއަށް އިހްސާސް ވިއެވެ. އެއާއެކު ބުރުގާ އަޅައި ނިވައުވެގެން އުޅޭ މުސްލިމް އަންހެނުންގެ ކަންކަން އިތުރަށް ދަސްކުރަން ބޭނުންވިއެވެ. އެއީ ވަޒީފާގެ މަސައްކަތަށް ފަސޭހަކަން ލިބޭނެކަމަށް ބަލައިފައެވެ. އެގޮތުން އިސްލާން ދީން އުނގެނެން ބްރިގިޑް ފެށިއެވެ.

އެހާ ހިސާބުން އެންމެ ފުރަތަމަ ބުރުގާ އަޅައި ނިވައުވުމާ ގުޅޭގޮތުން އޭނާއަށް ވިސްނުނު ގޮތާއި ޚިލާފަށް، އިސްލާމް ދީނުގައި އެކަން އޮތްގޮތް އޮޅުންފިލުމުން، ވަރަށް ބޮޑު އަޖައިބެއްވީކަމަށް ބްރިގިޑް ބުންޏެވެ. އަދި އެކަންވީ ބްރިގިޑް އިސްލާމް ދީނަށް މިސްރާބު ޖެހި މައިގަނޑު ސަބަބެވެ. ސައުދީ އަރަބިޔާގާއި އިސްލާމް ދީން ގަބޫލްކޮށް އޭނާ މަސައްކަތް ކުރަމުންދިޔަ ހޮސްޕިޓަލުން ދިމާވި މުސްލިމް ފިރިހެނަކާ ކައިވެނިކުރިއެވެ. ބްރިގިޑް ވަނީ ފަހުން އޭނާގެ އުފަން ގައުމަށް ބަދަލުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355