twitterviber whatsapp telegramfacebookyoutube instagram
29th March 2024

އިންޑިޔާގައި ތިބި 234 ދިވެހިން މާދަމާ ރާއްޖެ ގެންނަނީ

May 10, 2020

އިންޑިއާގެ 16 ސިޓީއެއްގައި ތިބި 234 ދިވެހީން މާދަމާ ރާއްޖެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

އެގޮތުން އިންޑިޔާގައި ތިބި ދިވެހިން ބަލާ މާދަމާ މޯލްޑިވިއަންގެ ދެ ފްލައިޓެއް ދަތުރު ކުރާނެއެވެ. އެގޮތުން ދިވެހީން އަނބުރާ ރާއްޖެއަށް ގެންނާނީ މޯލްޑިވިއަންގެ އެއާބަސް މަތިންދާ ބޯޓާއި ޑޭޝް މަތިންދާ ބޯޓުގައެވެ.

ފޮރިން މިނިސްޓްރީއިން މިރޭ ބުނެފައިވަނީ ރާއްޖެއަށް މާދަމާ އަންނަ ދިވެހީން ގެންނާނީ ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު، ޗެންނާނީ، ޓްރިވެންޑްރަމް، ކޮޗިން، ބެންގަލޫރު، ޕޫނޭ، ގޯއާ، ޖަމްނާގަރް، އެޒިމާލާ، ވެލިންޓަން އަދި ޕަޗްމާރީ އިން ކަމަށެވެ.

އެގޮތުން އެއާބަސް މަތީންދާ ބޯޓު ދަތުރުކުރާނީ މާލެއިން ދިއްލީއަށެވެ. އަދި ދިއްލީއިން ޓްރިވެންޑްރަމް އަށެވެ. އަދި ޓްރިވެންޑްރަމް އިން މާލެ ރޫޓުގައި އެ ބޯޓު ރާއްޖެއަށް އަންނައިރު އެ ފްލައިޓު ޖައްސާނީ މާދަމާ މެންދުރުފަހު 2:00 ގައި ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

ޑޭޝް މަތިންދާ ބޯޓު ދަތުރުކުރާނީ މާލެއިން ޓްރިވެންޑްރަމަށެވެ. އަދި ޓްރިވެންޑްރަމް އިން އަނބުރާ މާލެއަށް އެ ފްލައިޓު ރާއްޖެ އަންނައިރު އެ ފްލައިޓު ޖެއްސުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 1:15 ހާއިރުގައި ކަމަށްވެސް އެ މިނިސްޓްރީއިން ފާހަގަކޮށްފައިވެއެވެ.

ފޮރިން މިނިސްޓްރީއިން ބުނެފައިވަނީ ފްލައިޓުން ދަތުރުކުރާ ދުރު ހިސާބުތަކުގައި ދިރިއުޅޭ މީހުން މިހާރު ދަނީ ދިއްލީ އަދި ޓްރިވެންޑްރަމަށް ދިޔުމަށް ދަތުރުކުރަމުން ކަމަށެވެ. އެހެން ސިޓީތަކުގައި ތިބި ދިވެހިން، ފްލައިޓް ޖައްސާ ސިޓީތަކަށް ގެންދިއުމުގައި ރާއްޖޭގެ ހައި ކޮމިޝަނުންނާއި ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މީގެ ކުރިން އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355