twitterviber whatsapp telegramfacebookyoutube instagram
15th September 2026

ކޮލަންބޯއިން 12،933 ކިލޯގެ މުދާ ރާއްޖެ ގެނެސްފި

May 10, 2020
1

މޯލްޑިވިއަނުން މިރޭ 12933 ކިލޯގެ މުދާ ރާއްޖޭއަށް އެތެރެކޮށްފި އެވެ.

މޯލްޑިވިއަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިރޭ މޯލްޑިވިއަންގެ ކާގޯ ފްލައިޓެއް ކޮލަންބޯއިން 12933 ކިލޯގެ މުދާ ހިފައިގެން ރާއްޖެ އައިސްފައިވާ ކަމަށެވެ.

ކޮވިޑާއި ގުޅިގެން މޯލްޑިއަންގެ ދަތުރުތައް ހުއްޓާލާފައިވާއިރު މިވަގުތު ކުރަމުން ދަނީ ކާގޯ ދަތުރުތަކާއި، ރާއްޖޭން ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ކުރާ ދަތުރުތައް އެކަންޏެވެ.

އެގޮތުން މާދަމާ އިންޑިޔާގައި ތިބި ދިވެހިން ބަލާ މޯލްޑިވިއަންގެ ދެ ފްލައިޓެއް ދަތުރު ކުރުމަށް ވަނި ހަމަޖެހިފައެވެ. މީގެ އިތުރުން ދުބާއީ، ބެންކޮކް އަދި ކޮލަންބޯއަށް މޯލްޑިވިއަނުން ދަނީ ކާގޯ ދަތުރުތައް ކުރަމުންނެވެ.

މޯލްޑިވިއަނުން މިހާރު ވަނީ އަތޮޅުތަކަށްވެސް ކާގޯ ދަތުރުތައް ފަށާފައެވެ. މިއީ އަތޮޅުތަކަށް މުދާ ގެންދިއުމުގައި ދިމާވާ ދަތިތައް ހައްލު ކުރަން މޯލްޑިވިއަނުން ފަށާފައިވާ ދަތުރު ތަކެކެވެ.

އެގޮތުން މޯލްޑިވިއަން އިން ކޮންމެ ދުވަހަކު ވެސް ޑޮމެސްޓިކް ހުރިހާ އެއާޕޯޓްތަކަށް ދަތުރުކުރާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. އެ ދަތުރުތަކުގައި އެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި އަދި އެހެނިހެން ބާވަތްތައް ދަނީ ފޯރުކޮށްދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293