twitterviber whatsapp telegramfacebookyoutube instagram
1st June 2026

ރެސިޕީ: އަލުވި ކުޅި ބޯކިބާ

ނަބީލާ އިސްމާޢީލް
May 16, 2020

ބޭނުންވާ ތަކެތި:

  • 500ގ އަލުވި (ގާނާފައި)
  • 1 މަސްދަޅު
  • 1 ލުނބޯ
  • 1 ގިތެޔޮ މިރުސް
  • 2 ފިޔާ
  • 1 މޭޒުމަތީ ސަމުސާ އިނގުރު ލޮނުމެދު ޕޭސްޓް
  • 2 ހިކަނދިފަތް
  • 2 ބިސް
  • 2/1 ޖޯޑު ކާށި ހުނި
  • 2 މޭޒުމަތީ ސަމުސާ ތެޔޮ
  • ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް:

ތެޔޮފޮދު ހޫނުކޮށް އަލުވި ކޮޅު ވަޅޯކޮށްލާށެވެ. އޭގެ ފަހުގައި މަސް، ފިޔާ، މިރުސް، ލޮނުމެދު އިނގުރުޕޭސްޓް، ލުނބޯހުތް، ހިކަނދިފަތް، އަޖިނަމޮޓޯ އަދި ލޮނު ކޮޅު އަޅާ ރަނގަޅަށް މޮޑެލާށެވެ. އަދި ހުނި ކޮޅު އެއްކޮށްލުމަށްފަހު މޮޑެލާފައި އަލުވިކޮޅު ވެސް ރަނގަށް އެއްކޮށްލުމަށްފަހު މޮޑެލާފައި ބިސް އެއްކޮށްލާށެވެ. އަދި ރަނގަޅަށް މޮޑެލުމަށްފަހު ފިހެލާށެވެ.

އެހެން ރޯދަމަސްތަކާއި ހިލާފަށް މި ރޯދަ މަހު ވީހާވެސް މަދުން ކާތަކެތި ތައްޔާރުކޮށް އިސްރާފުކުރުން އެކޮށްހެން ނައްތާލާ، ބާކީވެފައި ހުންނަ ކާނާ ރައްކާކޮށް އެހެންފަހަރަކުން ބޭނުންކުރެވޭނެ ކަހަލަ ގޮތަކަށް ރާވަންވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355