twitterviber whatsapp telegramfacebookyoutube instagram
10th November 2026

ރެސިޕީ: ކޮޓަން ސްޕޮންޖް ކޭކް

ނަބީލާ އިސްމާޢީލް
May 15, 2020

ބޭނުންވާ ތަކެތި:

  • 80 ގ ބަޓާރ
  • 110 މލ މިލްކް
  • 110 ގ ކޭކް ފުއް
  • 1 ބިސް
  • 7 ބިހުގެ ގޮބޮޅި

ސްޕޮންޖް ހަދަން ބޭނުންވާ ތަކެތި:

  • 7 ބިހުގެ ގޮބޮޅި
  • 3/1 ސައިސަމުސާ ލޮނު
  • 1 ސައިސަމުސާ ލުނބޯ ހުތް
  • 160 ގ ހަކުރު

ތައްޔާރު ކުރާނެ ގޮތް:

ޓްރޭ ތައްޔާރު ކޮށްލާފައި އެއްކައިރީގައި ބަހައްޓާލާށެވެ. ތެއްޔަކަށް ބަޓާރު ކޮޅާއި މިލްކް އަޅައިގެން މަޑުގިނީގައި ބަޓަރުކޮޅު ރަނގަޅަށް ގިރެންދެން ހޫނުކޮށްލާށެވެ. ބަޓަރުކޮޅު ރަނގަޅަށް ގިރުމުން އުނދުން މަތިން ބޭލުމަށްފަހު ކޭކް ފުށް އަޅާ ރަނގަޅަށް ގިރާލާށެވެ. ކޭކް ފުއް ރަނގަޅަށް ގިރުމުން 1 ބިސް، 7 ބިހުގެ ގޮބޮޅި އަޅާ ރަނގަޅަށް ގިރާލާފައި އެއްކައިރީގައި ބަހައްޓާލާށެވެ.

އެހެން ތައްޓެއްގައި 7 ބިހުގެ ހުދުބައިއަޅާ ފޯމަށް ވަންދެން ގިރާލާށެވެ. ރަނގަޅަށް ފޯމަށް ވުމުން ލޮނު، ލުނބޯހުތް އަޅާ ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ހަކުރުކޮޅުއަޅާ ރަނގަޅަށް ގިރާލާށެވެ.

ކުރިން ގިރި ކޭކް ފުށް ތެރެއަށް މަދު މަދުން ފޯމްތަށް އަޅަމުން އެއްކޮށްލާށެވެ. އެއްކޮށް އެއްވީމައި ޓްރޭއަށް އަޅާ ރަނގަޅަށް އެއްވަރުކޮށްލާށެވެ. ކޭކް އެޅި ޓްރޭ އަށް ވުރެން ބޮޑު ޓްރޭއެއް ތެރެއަށް ކޭކް އެޅި ޓްރޭލާފައި ދަށުގައި އިން ޓްރޭއަށް ފެން އަޅާފައި އަވަން 150 ޑިގުރީގައި ފިހެލާށެވެ.

އެހެން ރޯދަމަސްތަކާއި ހިލާފަށް މި ރޯދަ މަހު ވީހާވެސް މަދުން ކާތަކެތި ތައްޔާރުކޮށް އިސްރާފުކުރުން އެކޮށްހެން ނައްތާލާ، ބާކީވެފައި ހުންނަ ކާނާ ރައްކާކޮށް އެހެންފަހަރަކުން ބޭނުންކުރެވޭނެ ކަހަލަ ގޮތަކަށް ރާވަންވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293