twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޒަމާނުންސުރެ ރާއްޖެ ބައްޓަން ކުރަމުން އައި ގޮތުގެ ހިތި ނަތީޖާ މިއަދު މިވަނީ ފެނިފައި: ޔާސިރު

އަބްދުލް ވާހިދު ޙަސަން
May 13, 2020
11

މާލެ ތޮއްޖައްސައި، ހުރިހާ ހިދުމަތެއް ލިބެން ހުންނަ ޖެހޭނީ މާލޭންކަމަށް ދެކި އެ ވިސްނުމުގައި ޒަމާނުންސުރެ ރާއްޖެ ބައްޓަން ކުރަމުން އައި ގޮތުގެ ހިތި ނަތީޖާ މިއަދު މިވަނީ ފެނިފައިކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގައި ބަހުސްކުރައްވަމުން މެމްބަރު ޔާސިރު ވިދާޅުވީ، އިޖުތިމާއީ ގޮތުން މިހާ ފޭރާން ދަށް އުނދަގޫ ހާލަތަށް ގައުމުގޮސްފައި މިވަނީ ޒަމާނުންސުރެ ވެރިންގެ ވިސްނުމުގައި ގެންގުޅުނު ތޮއްޖެއްސުމުގެ އާދަ މުހިންމުކަންކަމަށް ދެކި އެގޮތަށް މަސައްކަތްކުރުމުން ކަމަށެވެ.

"ތާރީހުގައި އަޅުގަނޑުމެން ވެރިންގެ ވިސްނުމުގައި ތޮއްޖެއްސުމަށް ހުރި މުހިންމުކަމަށް، އާދެ އެބޭފުޅުން އެކަމަށް ކުރައްވާފައި ހުރި މަސައްކަތުން މިއަދު އަޅުގަނޑުމެންގެ ޤައުމު މިހާ ހިސާބަށް ގޮސްފައި މިވަނީ. އަދި ހަމަ ހާއްސަކޮށް މާލެއަށް މީހުން ގެނައުމަށް. ހުރިހާ ހިދުމަތްތަކެއް ހުންނަ ޖެހޭނީ މާލޭގައި ކަން. އެކަމުގެ ސަބަބުން މިއަދު އަސްލު މާލޭގެ ރަށްވެހިންނަށްވެސް ހަގީގީގަތުގައި އުޅެވޭނެ އެއްވެސް ގޮތެއް ނެތި ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުން މިއަދު މިވަނީ ވަރަށް ބޮޑަށް ބިކަވެފައި." މެމްބަރު ޔާސިރު ވިދާޅުވި އެވެ.

އަތޮޅުތެރޭގެ ހުރިހާ ރައްޔިތުން މާލެ އައުމަށް މިދިޔަ ދައުރުގައި ރައީސް ޔާމީންވެސް ގޮވާލެއްވިކަން ފާހަގަކުރައްވަމުން ޔާސިރު ވިދާޅުވީ މިއަދު ގައުމުގެ ހާލަތު މިހާ ބިކަވެފައިމިވަނީ ތޮއްޖެއްސުމާއި ހުރިހާ ހިދުމަތެއް ހުންނަ ޖެހޭނީ މާލޭގައި އެކަނި ކަމަށް ދެކުމުން ކަމަށެވެ. އޭނާ ވިދާޅުވީ މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންވެސް މިއަދު ދާން ބޭނުންވަނީ ރަށްތަކަށް ކަމަށެވެ.

"
"ވަކިވަކި ޒަރޫރީ ބޭނުންތަކަށް ބަލިތަކަށް ފަރުވާކުރުމަށް ވަގުތީގޮތުން މާލެއަށް އައިސް ތިބި އެތަކެއް ބަޔަކު މިއަދު މިވަނީ ނުދެވިފައި. އަޅުގަނޑުމެން ޒަމާނުންސުރެ މިކަން ބައްޓަން ކުރަމުން އައި ގޮތުގެ ހިތި ނަތީޖާ މިއަދު އަޅުގަނޑުމެންނަށް މިވަނީ ފެނިފައި." ޔާސިރު ވިދާޅުވި އެވެ.
ޔާސިރު ވިދާޅުވި އެވެ.

"މަސައްކަތްތަކެއް އެބަކުރެވޭ މިއީ އަޅުގަނޑުމެން އެކަކުވެސް ފޯކާސްޓްކުރި ދުވަހެއް ނޫން. އެހެންނަމަވެސް އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުންވޭ މިއަދު އަޅުގަނޑުމެންގެ ކުޅުދުއްފުށިން ހަމައެކަނިވެސް 142 މީހަކު މާލޭގައި ތާށިވެފައި ތިބިއިރުގައި އެ ބޭފުޅުން މިއަދާ ހަމައަށް އައިރުގައި 29 ދުވަސް މިހާރުވެފައިވާއިރުގައި 450 ރުފިޔާގެ ރޭޓުން ބަލާފިއްޔާ 13000 ރުފިޔާ ހަމައެކަނި ރެންޓަށް ދެއްކިފައި އެބަވޭ. މިއީ އަޅުގަނޑުމެންގެ އާންމު މީހެއްގެ ތިން އަހަރު ދުވަހުގެ ސޭވިންނަށްވުރެ ބޮޑު އެއްޗެއް. އެ ރައްޔިތުންގެ ތެރޭގައި އިންސިއުލިންގ ތިން ގަޑީގައި ޖަހަން ޖެހޭ މީހުން އެބަތިބި ބޮޑެތި އެކިއެކި ބައްޔަށް ބޭސްކުރަމުންދާ މީހުން އެބަތިބި. ހަމައެއާކީގައި ތިން ދަރިން ރަށުގައި ބައިތިއްބާފައި އައިސްތިބި މީހުން އެބަތިބި. އެހެންވީމަ 29 ދުވަސް އަޅުގަނޑަށް ތަންކޮޅެއް ދިގުވެއްޖެ ހަގީގަތުގައިވެސް ދަންނަވާކަމުގައި ވާނީވިއްޏާމިކަމުގައި ކަމެއް ހޯދުމަށް." ޔާސިރު ވިދާޅުވި އެވެ.

"ވަކިވަކި ޒަރޫރީ ބޭނުންތަކަށް ބަލިތަކަށް ފަރުވާކުރުމަށް ވަގުތީގޮތުން މާލެއަށް އައިސް ތިބި އެތަކެއް ބަޔަކު މިއަދު މިވަނީ ނުދެވިފައި. އަޅުގަނޑުމެން ޒަމާނުންސުރެ މިކަން ބައްޓަން ކުރަމުން އައި ގޮތުގެ ހިތި ނަތީޖާ މިއަދު އަޅުގަނޑުމެންނަށް މިވަނީ ފެނިފައި." ޔާސިރު ވިދާޅުވި އެވެ.

މިއީ ފަސޭހަ ދަނޑިވަޅެއް ނޫންކަން ގަބޫލުކުރައްވާ ކަން ފާހަގަކުރައްވަމުން ޔާސިރު ވިދާޅުވީ މި ދަނޑިވަޅުގައި ކިތަމެއް ބައެއްގެ ލަފާ އަޑުއަހާ އެކަންތައްތަކުގެ މަތިން ކަންކަން ތަރުތީބުކޮށް އެހުރިހާ މަސައްކަތަކެއްވެސް ކުރަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް މިއަށްވުރެ އަވަހަށް އެފަރާތްތަކާ ދޭތެރޭވެސް ކަންތައްތައް ހަމަޖެހިގެން ދާން ޖެހޭނެ ކަން ގަބޫލުކުރައްވާކަމުގައި ޔާސިރު ވިދާޅުވި އެވެ. އަދި އުންމީދަކީ ވީހާވެސް އަވަހަށް އެ އެންމެންނަށްވެސް ރަށަށް ދިޔުމުގެ މަގު ފަހިވެގެން ދިޔުންކަމުގައި ޔަސީރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355