twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޒަރޫރީ ބޭސް ގެނެސްދިނުމަށް ފޮރިން މިނިސްޓްރީން އެހީވެއްޖެ

May 14, 2020

މުޅި ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ދިވެހިން އާންމުކޮށް ބޭސްފަރުވާއަށް ގޮސް އުޅޭ ގައުމުތައް ވެސް ލޮކްޑައުން ކުރުމާއި، ގައުމީ ވައިގެ ބަނދަރުތަކުގެ ދަތުރުތައް މެދުކަނޑާލުމާއި ގުޅިގެން ރާއްޖެއިން ބޭރުން ބޭސްފަރުވާގެ ހިދުމަތް ހޯދަމުން އައި ފަރާތް ތަކުގެ ބޭސް ގެނައުމުގައި ދަތި ތަކެއް ވަނީ ކުރިމަތިވެފަ އެވެ.

އެގޮތުން ރާއްޖެއިން މިވަގުތު ލިބެން ނެތް، ޒަރޫރީ ބޭސްތައކުގެ ގޮތުގައި ހިމެނޭ ބޭހުގެ ބައެއް ބާވަތްތަކަށް ބޭނުންވެފައިވާ ފަރާތްތަކުންނަށް އެ ބޭސް ހޯދުމުގައި ފޮރިން މިނިސްޓްރީއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ބޭސްތައް ފޯރުކޮށްދިނުމުގައި މިނިސްޓްރީން ކުރާ މަސައްކަތަކީ ބޭސް ރާއްޖެ އަށް ގެނެސްދިނުމެވެ. އަދި އެ ބޭސް ގެނެސްދޭނީ ސްރީ ލަންކާ، އިންޑިއާ ނުވަތަ ތައިލެންޑުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންތަކަށް އެ ބޭސްތައް ގެންދިއުމުން ކަމަށެވެ.

އެ މިނިސްޓްރީއިން ބުނެފައިވަނީ އެ ގައުމުތަކުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންތަކަށް ބޭސް ސިޓީ ފޯރުކޮށްދިނުމުން އެތަކެތި ރާއްޖެއަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީއިން ކުރާނެ ކަމަށެވެ.

މިހާތަނަށް 78 މީހަކަށް މި ގޮތަށް ބޭސް ފޯރުކޮށްދީފި ކަމަށާއި ކުރިއަށް އޮތް ތަނުގައި މި އުސޫލުގެ ދަށުން ދިވެހިންނަށް މި ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ހައި ކޮމިޝަންތަކަށް ގެންދަން ވާނީ ރާއްޖެއިން ނުލިބޭ، ޒަރޫރީ ސަބަބުތަކަށް ބޭނުންވާ ބޭހެވެ. އަދި އެ ބޭސް ގެންދަން ވާނީ އެކަށީގެންވާ ގޮތަށް ރަނގަޅަށް ޕެކް ކުރުމަށް ފަހު ކަމަށާއި ބޭހާއި އެކު ބޭސް ސިޓީ ގެންދަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ބޭސް ސިޓީގައި ނެތް ބޭހެއް އެތަނުން ނުގެންނާނެ ކަމަށް ވެސް ބުނެފައި ވެ އެވެ. އަދި ދެ މީހަކަށް ބޭނުންވާ ބޭސް އެކައްޗެއްގައި ޕެކް ނުކުރަން ވެސް އަންގާފައި ވެ އެވެ.

ރާއްޖޭގެ މިޝަންތަކާއި ފޮރިން މިނިސްޓްރީ އާއި ގައުމީ އެއާލައިން މޯލްޑިވިއަން އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން ކުރާ މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތުގައި އެ ކުންފުނިތަކުން ވަމުން އަންނަ އެހީއަށް ޝުކުރު އަދާ ކުރެއްވި އެވެ.

އެ މަސައްކަތާ ގުޅޭގޮތުން ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ބަދޫރާ ސައީދު ވިދާޅުވީ މިހާރު އެ ފޯރުކޮށްދޭ ހިދުމަތަކީ މާލެ ލޮކްޑައުންގެ ހާލަތަށް ގެނައުމާ ގުޅިގެން ކޮންމެހެންްބޭނުންވާ ހިދުމަތެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355