twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކެނެޑާއިން ރާއްޖެއަށް އެއް މިލިއަން ރުފިޔާގެ އެހީއެއް ދީފި

May 18, 2020

މިހާރު މުޅިދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ކެނެޑާ ސަރުކާރުން އެއް މިިލިއަން ރުފިޔާގެ އެހީއެއް ދީފި އެވެ.

މިއަދު ކުރިއަށްގެންދިޔަ ވާޗުއަލް ހަފްލާއެއް ގައި މި އެހީގެ އެއްބަސްވުމުގައި ދެ ގައުމުގެ ސަރުކާރުން ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ސޮއެކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު އާއި ކެނެޑާއިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑޭވިޑް މެކިނަން އެވެ.

ފޮރިން މިނިސްޓްރީން ބުނީ ކެނެޑާއިން ދީފައިވާ އެހީއަކީ ކޮވިޑް-19 އާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދީފައިވާ އެހީއެއް ކަމަށާއި މި ޕްރޮޖެކްޓް މެދުވެރިކޮށް ހާލުގައި ޖެހިފައިވާ 400 އެއްހާ މީހުންނަށް ތިބޭނެ ވަގުތީ ހިޔާއެއް ގާއިމްކުރުމުގެ އިތުރުން ބޭނުންވާ އިތުރު އެހީތައް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި މި ޕްރޮޖެކްޓު ކުރިއަށް ގެންދިން ހަމަޖައްސާފައި ވަނީ ޖެންޑާ މިނިސްޓްރީން ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވަނީ ކެނެޑާއިން ރާއްޖެއަށް މި ހާލަތުގައި ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކެނެޑާ ސަފީރު ވަނީ، ތަފާތުކުރުމެއް ނެތި ހާލުގައި ޖެހޭ ހުރިހާ އެންމެނަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ތައުރީފްކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355