twitterviber whatsapp telegramfacebookyoutube instagram
19th June 2026

15،000 ލޯނުގެ މުއްދަތު ފަސްކޮށްދީފި

ޚަދީޖާ އާދަމް
May 20, 2020

ކޮވިޑް-19 އާ ގުޅިގެން ފަރުދުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން 15،000 ލޯނުގެ މުއްދަތު ފަސްކޮށްދީފީ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މިރޭ ގައުމާއި މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގައި ހިންގާ 8 ބޭންކެއްގެ އިތުރުން އެޗްޑީއެފްސީ އާއި އެމްއެފްއެލްސީ އަދި އެސްޑީއެފްސީއިން ވިޔަފާރިތަކަށާއި އަމިއްލަ މީހުން ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ހަ މަސްދުވަހަށް ފަސްކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ކަމަށެވެ.

އެ ބޭންކްތަކުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިހާތަނަށް 15000 އަށްވުރެ ގިނަ ލޯނުގެ މުއްދަތު ފަސްކޮށްދީފައިވާ ކަމަށާ އޭގެ ތެރެއިން 83 އިންސައްތަ ލޯނަކީ ގައުމީ ބޭންކުން ދޫކޮށްފައިވާ ލޯންތައް ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ 13199 ލޯނެވެ.

ކޮވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ މީހުންނަށްވެސް، ވަގުތީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް، ހާއްސަ ޕެކޭޖެއް ކަނޑައަޅައި އެފަދަ މީހުން ދެނެގަނެ، އެއިން ކޮންމެ މީހަކަށް، މަހެއްގެ މައްޗަށް 5000 ރުފިޔާގެ ރޭޓުން މިހާރު އަންނަނީ އެލަވަންސް ދޫކުރަމުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355