twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކޮވިޑް ނެތް ރަށްތައް އާންމު ހާލަތަށް ގެންނަނީ

May 21, 2020

ކޮވިޑް ފެތުރިފައިނުވާ ރަށްރަށް ވީ އެންމެ އަވަހަށް އާންމު ހާލަތަށްގެނެސް، އާންމު އުސޫލުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރެވޭނެ ހަމަޖައްސާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިރޭ ގައުމާ މުހާތަބު ކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މާލެ ސަރަހައްދުން ފުރަބަންދަށް ލުއިދޭއިރު އެކަން ކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާ މާލޭގެ އިތުރުން ބަލިނެތް އެހެން ރަށްރަށަށްވެސް ލުއި ދިނުމަށް އޮތީ ވިސްނާފަކަމަށެވެ.

އަދި ރަށްރަށުގައި ވިޔަފާރިތައް ހުޅުވުމުގެ ހުއްދަދީ، އެއަށްފަހު ސްކޫލުތަކާއި އޮފީސްތައްވެސް ހުޅުވުމުގެ ހުއްދަ ދެވިގެން ދާނެކަމަށް ރައީސް ވިދާޅުވި އެވެ.

މިހާތަނަށް މާލެ ފިޔަވާ ރާއްޖޭގެ ފަސް ރަށަކުން މި ވައިރަސް ފެެނިފައިވެއެވެ. އެއީ، ހއ. އުލިގަން، ށ. ނަރުދޫ ހއ. ތަކަންދޫ، ނ. މަނަދޫ އަދި ކ. ހިންމަފުށިންނެވެ. އޭގެ ތެރެއިން އުލިގަން ފިޔަވާ ހުރިހާ ރަށެއް ހުރީ މޮނީޓަރިންގެ ހާލަތުގައެވެ.

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެށްގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން ވަނީ އަންގާފައެވެ. ކޮވިޑް ނެތް ރަށްރަށުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް އިދިކޮޅު ފަރާތްތަކުންވެސް ދާދި ފަހުން ވަނީ ގޮވާލާފައެވެ.

މާލޭ ސަރަހައްދަށް ފުރަބަންދު އިއުލާންކޮށްފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ފެނުނު ފުރަތަމަ ކޭސްއާ ގުޅިގެންނެވެ. ތިން ފަހަރެއްގެ މަތިން މުއްދަތު އިތުރު ކުރި ފުރަބަންދުގެ މުއްދަތު މިހާރު ހަމަވާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355