twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކޮޅިގަނޑެއްގައި ވައިކަރަދޫގެ ފަތްކެޔޮ ދަނޑުތަކަށް ބޮޑެތި ގެއްލުން

May 21, 2020

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުން އަންނަ ވިއްސާރައިގައި ހދ. ވައިކަރަދޫ އަށް ރޭ އައި ކޮޅިގަނޑެއްގައި އެރަށު ފަތްކެޔޮ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމް ވިދާޅުވީ، ވިދާޅުވީ ގަދަވަޔާއެކު އައި ކޮޅިގަނޑުގައި ގެއްލުން ލިބިފައިވާ ފަތްކެޔޮ ދަނޑުތަކަށް ކަމަށެވެ. ގިނަ އަދަދެއްގެ ފަތްކެޔޮ ގަސްތައް ބިނދައިގެން ގޮސް ވެއްޓިފައިވާއިރު ބައެއް ގިނަ ގަސްތަކުގައި ހުރީ ކެޔޮގަނޑު އައިސްފައި އެވެ.

ނަސީމް ވިދާޅުވީ، ދަނޑުތަކަށް ލިބުނު ގެއްލުން ދެނެގަތުމަށްޓަކާ ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގެ ފައިނަލް ރިޕޯޓް ނަގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީ އަށާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ހުށަހަޅާނެ ކަމަށެވެ.

ވައިކަރަދޫގައި އަކީ ގިނަ އަދަދަކަށް ފަތްކެޔޮ ހައްދައި ރަށެކެވެ. މި ކޮޅިގަނޑުގައި އެރަށުގެ ގިނަ ފަތްކެޔޮ ދަނޑުތަކަކަށް ވަނީ ގެއްލުން ލިބިފައި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާ އެކު ވިއްސާރަ ކުރާނެ ކަމަށާއި އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމުގަ އެވެ.

އުތުރުގެ އަތޮޅުތަކަށް، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި، މެދުތެރޭ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާ 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމުގައި މެޓް އޮފީހުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355