twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުރިނބީގެ އާންމު މަސްލަހަތު ނަގާލަން މަސައްކަތްކުރި ފުލުހެއްގެ މައްސަލަ ބަލައިދިނުމަށް އެދިއްޖެ

އަބްދުލް ވާހިދު ޙަސަން
May 25, 2020

ހދ ކުރިނިބީގެ އާންމު މަސްލަހަތު ނަގާލަން ފުލުހަކު މަސައްކަތް ކުރިކަމަށް ބުނެ އެރަށު ކައުންސިލުން ނޫސްބަޔާން ނެރެފި އެވެ.

ކުރިނިބީއަށް ނިސްބަތްވާ އެ ފުލުސް މީހާ މަސައްކަތް ކުރަމުންގެންދަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި އެވެ. އޭނާ ކުރިނބީއަށް ގޮސްފައިވަނީ ފުލުހުން ބަލުމުންގެންދާ މައްސަލައަކާ ގުޅިގެން މައްސަލާގެ ބައެއް އިޖުރާއަތްތައް ފުރިހަމަ ކުރުމަށް މިމަހު 25 ވަނަ ދުވަހު ކަމަށް ކައުންސިލުން ބުނެ އެވެ.

ކުރިނބީން ވާހަކަދެއްކި ބައެއް މީހުން ބުނީ އޭނާ ރަށުގެ މަސްލަހަތު ނަގާލަން މަސައްކަތްކުރީ ކޮވިޑް-19 އާ ގުޅިގެން ކައުންސިލުން ރައްޔިތުން ރައްކާތެރިކުރުމުގެ ގޮތުން އަޅާފައިވާ އުސޫލުތަކަށް ގޮންޖަހައި އާންމު ތަންތަނުގައި ވާހަކަ ދެއްކުމުންނެވެ.

އަދި އެރަށުގައި ކައުންސިލުން އަމަލުކުރަމުންދާ އުސޫލުތަކަކާއި ގާނޫނާ ހިލާފަށް އަމަލުކުރަމުންދާ އުސޫލުތަކެއްކަމަށް ބުނެ ކައުންސިލްގެ އެންގުންތަކަށް އަމަލުނުކޮށްގެން ކުރެވޭނެ ކަމެއް ނޯނާނެކަމަށް ބުނެ އާންމުތެރޭގައި އާއި ސޯޝަލް މީޑިއާގައި ފުލުހުން މިހާ ވަނީ ވާހަކަ ދައްކާފައި އެވެ.

މިކަމާ ގުޅިގެން އެރަށު ކައުންސިލުން ބުނެފައިވަނީ ފުލުހެއްގެ ފަރާތުން ރަށުގެ އާންމު މަސްލަހަތު ގެއްލޭފަދަ ގޮތަކަށް އަމަލުތައް ހުރުމުގެ ޝަކުވާ ކައުންސިލަށް ލިބިފައިވާތީ އެކަން ކައުންސިލްގެ ފަރާތުން ދަނީ ބަލަމުން ކަމަށެވެ. އަދި ފަހުން އެ ކައުންސިލުން ވަނީ ނޫސްބަޔާނެއް ނެރެފަ އެވެ.

ކުރިނބީ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ކުޅިގެން ރަށުގައި އަޅާފައިވާ ފިޔަވަޅުތަކަކީ ގާނޫނީ ހައިސިއްޔަތެއް ނެތި ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށާއި އަދި އެ ފިޔަވަޅުތަކަށް އަމަލު ކުރުމަކީ އަމިއްލަ އިހްތިޔާރީ ކަމެއް ކަމަށް ބުނެ ފުލުހުން މީހާ އާންމުތައްތަކުގައި އާއި ސޯޝަލް މީޑިއާގައި ވާހަކަދައްކާފައިވާ ކަމަށެވެ. އަދި ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފުވެގެން ކައުންސިލަށް ކުރެވޭނެކަމެއް ނެތްކަމަށް ދޭހަވާ އުސޫލުން އެ މީހާ އާންމުތަންތަނުގައި އަޑުއުފުލާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

"ކޮވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ 2020/39 ނަންބަރު އެންގުމުގެ ނުކުތާ ނަންބަރު 1 (އެކެއް) ގައި ލޯކަލް ކައުންސިލްގެ އިޙްތިޞާސް ހިނގާ ސަރަހައްދުތަކުގައި ކޯވިޑް-19 ފެތުރުމުގެ ފުރުސަތު އޮތް މިންވަރަށާއި، ހާލަތައް ރިއާޔަތްކޮށް އެއްވެ އުޅުން ހުއްޓުވުމަށާއި، އިޖުތިމާއީ ގައިދުރުކަން ޤާއިމްކުރުމަށް ފިޔަވަޅު އެޅުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އިން ކައުންސިލްތަކަށް ދޫކޮށްފައިވާ ބާރުގެ ދަށުން އެ ކައުންސިލުން ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަކީ ޤާނޫނީ ހައިސިއްޔަތެއް ނެތި ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް ބުނެ (ފުލުހަކު) އެރަށުގެ އާންމުތަންތަނުގައި ސޯޝަލް މީޑިއާގައި އަޑުއުފުލާފައިވާކަމަށެވެ." ކުރިނިބީ ކައުންސިލްގެ ނޫސްބަޔާނުގައިވެ އެވެ.

އެރަށު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ތިން ކައުންސިލަރުން ސޮއިކުރައްވާ ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މެދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށް ހުރަހަަކަށްވެ އާންމު މަސްލަހަތު ގެއްލިފައިވާތީ އާންމު މަސްލަހަތު ދަމަހައްޓާ ނެގެހެއްޓުމުގެ މަސްލަހަތު ދަމަހައްޓާ ނެގެހެއްޓުމުގެ މަސްއޫލިއްޔަތު ކޮނޑުގައި އަޅުއްވައިގެން ތިއްބެވި ބަޔަކަށް ފުލުހުންވެފައި، ފުލުހެއްގެ ފަރާތުން ރަށުގެ އާންމު މަސްލަހަތު ގެއްލުވާލުމަށް މަސައްކަތްކޮށްފައިވާ އެންމެ ހަރުކަށި އިބުރާތުން ކުށްވެރި ކުރާ ކަމަށެވެ.

އަދި އެ މައްސަލަ ބެލުމަށް ފުލުހުންނަށް ހުށަހެޅިފައިވާނޭކަމަށްވެސް ކައުންސިލްގެ ބަޔާނުގައިވެ އެވެ. އެ މައްސަލަ ހޫނުވުމުން އެ ފުލުސް މީހާ ވަނީ އަނބުރާ ކުޅުދުއްފުއްޓަށް ގެނެސްފައި އެވެ.

އެރަށުން ވާހަކަ ދެއްކި މީހުން ބުނެފައިވަނީ ފުލުސް މީހާ ވާހަކަދެއްކީ ކައުންސިލްގެ އަންގައިގެން ހޯމް އައިސޮލޭޝަންގައި މީހުން ބޭއްތިބުމާ ދެކޮޅަށްށެވެ. އަދި އެކަމުގެ ސަބަބުން ރަށުގެ އާންމު މަސްލަހަތު ވަރަށް ބޮޑަށް ގެއްލިފައިވާކަމަށް އެ މީހުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355