twitterviber whatsapp telegramfacebookyoutube instagram
26th May 2026

ތައިލެންޑްގައި ތިބި ދިވެހިން ރާއްޖެ ގެންނަނީ

May 25, 2020

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ނާދެވި ތައިލެންޑްގައި ތާށިވެފައި ތިބި ދިވެހިން މިރޭ ރާއްޖެ ގެންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ތައިލެންޑްގައި 50 އަށް ވުރެ ގިނަ ދިވެހިން އެބަތިބި ކަމަށާ މިހާތަނަށް ރާއްޖެ އަންނަން ބޭނުން ވެގެން އެކަން އަންގާފައިވަނީ 26 މީހެއް ކަމަށާއި އެ މީހުން މާލެ ގެންނާނީ 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރުމަށްފަހުގައި ކަމަށްވެސް މިނިސްޓްރީ ބުންޏެވެ.

މީގެ ކުރިން އިންޑިއާއާއި ސްރީލަންކާ އަދި މެލޭޝިއާގައި ރާއްޖޭ ނާދެވި ތާށިވެފައި ތިބި އެތައް ދިވެހިންނެއް ސަރުކާރުން ވަނީ ރާއްޖެ ގެނެސްދީފައެވެ.

ރާއްޖޭގައި ތިބި ތައިލެންޑް ރައްޔިތުން ގޮވައިގެން، މޯލްޑިވިއަންގެ ފްލައިޓެއް މިއަދު ވަނީ އެ ގައުމަށް ފުރައިފަ އެވެ. އެ ގައުމުގައި ތިބި ދިވެހިން އަންނާނީ އެ ފްލައިޓުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355