twitterviber whatsapp telegramfacebookyoutube instagram
23rd March 2026

ދޮށީ އުމުރު މީހުންގެ ރެންޑަމް ސާމްޕަލް ނެގުން ހުއްޓާލައިފި

May 26, 2020

ދޮށީ އުމުރު މީހުންގެ ތެރޭގައި ބަލި ފެތުރިފައިވާ މިންވަރު ބެލުމަށްޓަކައި ނަގަމުން އައި ރެންޑަމް ސާމްޕަލް ނެގުން އެޗްޕީއޭއިން ހުއްޓާލައިފި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ މަޝްވަރާއެކު އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނެގުން ހުއްޓާލާފައިވާ ކަމަށެވެ.

ޓެގުން ފުރަތަމަ މަޝްވަރާ ދިނީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން 10 ޕަސެންޓް މީހުންގެ ޓެސްޓް ހެދުމަށެވެ. އެއީ ގާތްގަނޑަކަށް 350 މީހުންގެ ސާމްޕަލެވެ. ނަމަވެސް އެ މީހުންގެ ތެރެއިން ގިނަ ބަޔަކު ސާމްޕަލް ދިނުމަށް އުޒުރުވެރިވެ ދެކޮޅު ހަދާފައިވާތީ ޓެގުން އެންގީ ފަސް ޕަަސެންޓް މީހުންގެ ސާމްޕަލް ނެގުމަށެވެ. އެއީ 170 މީހުންގެ ސާމްޕަލް އެވެ.

ދުވަސްވީ މީހުންގެ ތެރެއިން ސާމްޕަލް ނަގާފައިވަނީ 105 މީހުނެވެ. މި ބައްޔަށް ޕޮޒިޓިވްވީ އޭގެ ތެރެއިން އެންމެ މީހެކެވެ.

މަބުރޫކް ވިދާޅުވީ މި މަސައްކަތް ކުރުމުގައި ކުރިމަތިވި ގޮންޖެހުންތަކާ ގުޅިގެން އެ މަސައްކަތް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1،395 އަށް އަރާފައިވާއިރު 155 މީހުން ރަނގަޅުވެފައި ވެ އެވެ. ހަތަރު މީހަކު މަރުވެއްޖެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355