twitterviber whatsapp telegramfacebookyoutube instagram
8th November 2026

ހއ އަތޮޅުން ށ އަތޮޅަށް އޮރެންޖް އެލާޓު ނެރެފި

ޚަދީޖާ އާދަމް
May 29, 2020

މޫސުން ވަރަށް ބޮޑަށް ގޯސްވެ، ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށް އޮރެންޖު އެލާޓު ނެރެފި އެވެ.

އެގޮތުން އެލާޓު ނެރެގައިވަނީ ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށް ހަވީރު 18:30 އިން ފެށިގެން މިރޭ 20:00 އާ ހަމައަށެވެ. މިއީ، މި މަހުގެ ތެރޭގައި މެޓް އޮފީހުން އޮރެންޖު އެލާޓު ނެރުނު ދެވަނަ ފަހަރެވެ.

އޮރެންޖު އެލާޓަކީ "ސިވިއާ" ނުވަތަ ތިން ވަނަ ލެވެލްގެ އެލާޓެވެ. އޮރެންޖު އެލާޓު ނެރެނީ އާދަޔާހިލާފަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާއި، އާދަޔާހިލަފަށް ގުގުރުމާއެކު ވައި ގަދަވުން އެކަށީގެންވާ ހާލަތުގަ އެވެ.

މެޓުން ބުނީ މި ގަޑިތަކުގައި ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުރުން އަދި ފެން ބޮޑުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށް ލަފާކޮށްފައި ވާއިރު ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައި ކަމަށެވެ.

އޮރެންޖު އެލާޓުގައި އެއް ގަޑިއިރު ތެރޭ 90 މިލިމީޓަރުގެ، ނުވަތަ ހަ ގަޑިއިރު ތެރޭގައި 120 މިލިމީޓަރުގެ ވާރޭ ވެހޭނެއެވެ. އޮރެންޖު އެލާޓުގައި ވިލާގަނޑުގައި 63 މޭލަށް ވައިގަދަވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293