twitterviber whatsapp telegramfacebookyoutube instagram
28th March 2024

މަސްޖިދުލް ނަބަވީ މާދަމާ ހުޅުވާލަނީ

ޚަދީޖާ އާދަމް
May 30, 2020

މަދީނާގައި ހުންނަ މުސްލިމުންގެ ދެވަނައަށް އެންމެ މުގައްދަސް ބިނާކަމުގައިވާ މަސްޖިދުލް ނަބަވީ މާދަމާއިން ފެށިގެން އާއްމުކޮށް ހުޅުވާލުމަށް ނިންމައިފިއެވެ.

މަސްޖިދުއް ނަބަވީ މާދަމާއި ފެށިގެން ހުޅުވުމުގެ ހުއްދަ ސައުދީ ރަސްގެފާނު ދެއްވި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާ މިސްކިތަށް ނުވެދެވޭނެކަމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ކުޑަކުދިން މިސްކިތަށް ނުގެންދިޔުމަށާއި ޖަމާއަތުގައި ނަމާދުކުރުމުގައި ގައިދުރުކަން ބެހެއްޓުމަށް ވަނީ އަންގާފައެވެ. އަދި މިސްކިތަށް ދާ މީހުން މާސްކް އެޅުމަށްވެސް ވަނީ އަންގާފައެވެ.

މީގެ އިތުރުން ސައުދީގެ އެހެން މިސްކިތްތައްވެސް އިންސްޕެކްޓް ކުރުމަށްފަހު ޖަމާއަތުގައި ނަމާދުކުރުމަށް ހުޅުވާލާނެކަމަށް އެ ގައުމުގެ އިސްލާމިކް މިނިސްޓަރު އަބްދުލްލަތީފް އަލް އައްޝެއިހް ވަނީ ވިދާޅުވެފައެވެ.

މުޅިދުނިޔެއަށް ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮރޯނާވައިރަސްއާ ގުޅިގެން ސައުދީ އަރަބިއްޔާގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައިވަނީ މިއަހަރުގެ މާޗްމަހު އެވެ. މިސްކިތްތައް ހުޅުވާލި ނަމަވެސް ހަރަމްފުޅު ހުޅުވާލާނެ ދުވަހެއް އެ ގައުމުން ހާމަކޮށްފައެއް ނުވެއެވެ.

އިއްޔެ އެކަނިވެސް އެގައުމުގައި ކޮވިޑް ޖެހިގެން 17 މީހުން ވަނީ މަރުވެފައެވެ. އަދި ކޮވިޑްގެ އިތުރު 1581 ކޭސް ފެނިފައިވާއިރު ޖުމްލަ އަދަދު ވަނީ 81،766 އަރާފައިވާ ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

24،295 މީހުންނަށް ފަރުވާ ދެމުން ދާއިރު ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ބަނީ 57،013 އަރާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355