twitterviber whatsapp telegramfacebookyoutube instagram
12th July 2020

އެންމެ ގިނައިން ވާރޭވެހުނީ ކެލައަށް

May 30, 2020

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ހއ ކެލައަށްކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާގޮތުގައި އިއްޔެ ހެނދުނުގެ 8 ން މިއަދު ހެނދުނު 8 އަކަށް 178 މިލިމީޓަރުގެ ވާރޭ ކެލައަށް ވެހިފައިވެ އެވެ.

24 ގަޑިއިރުގެ ތެރޭގައި ދެން އެންމެ ގިނައިން ވާރޭވެހިފައިވަނީ ހދ ހަނިމާދޫއަށާއި ކ. ދިއްފުއްޓަށެވެ. ހަނިމާދޫއަށް ވެހިފައިވަނީ 159 މިލިމީޓަރުގެ ވާރެ އެވެ. ދިއްފުއްޓަށް ވެހުނީ 53 މިލިމީޓަރުގެ ވާރެ އެވެ.

އިތުރު ރަށްތަކަކަށް ބަލާލާއިރު 57 މިލިމީޓަރުގެ ވާރޭ ކުޅުދުއްފުއްޓަށް ވެހުނުއިރު ކ ގުރައިދޫއަށް ވެހިފައިވަނީ 53 މިލިމީޓަރުގެ ވާރެ އެވެ. ހއ ހޯރަފުއްޓަށް ވެހިފައިވަނީ 49 މިލިމީޓަރުގެ ވާރެ އެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ތިލަދުންމަތީގެ ރަށްތަކުގައި ދަނީ ފެންބޮޑުވުމުގެ ހާދިސާތައް ހިންގަމުންނެވެ. އެގޮތުން ހއ އުލިގަމާއި، ކެލާ، ހދ ހަނިމާދޫ، ނޮޅިވަރަންފަރު، ފިނޭ އަދި ކުޅުދުއްފުށީގައި ވަނީ ފެންބޮޑުވެ ފެންހިއްކަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355