twitterviber whatsapp telegramfacebookyoutube instagram
21st December 2025

ތިން ރަށެއްގެ އެމްޑަބުލިއުއެސްސީގެ އޮފީސްތައް އާންމު ހިދުމަތަށް ހުޅުވާލައިފި

May 31, 2020

ކޮވިޑް-19 އާ ގުޅިގެން އެމްޑަބުލިއުއެސްސީން މެދުކަނޑާލި ބައެއް ހިދުމަތްތައް އަލުން ފަށައިފި އެވެ. އެގޮތުން މާލެ ސަރަހައްދުގެ އިތުރުން ކުޅުދުއްފުއްޓާއޮ ރ ދުވާފަރު އަދި ކ މާފުށީގައި ހުންނަ އެކުންފުނީގެ އޮފީސްތައް މިއަދުން ފެށިގެން ވަނީ އަލުން ހުޅުވަން ފަށާފައި އެވެ.

އެކުންފުނިން ހިދުމަތް ދެމުންދާ މި ތިން ރަށުގެ ހިދުމަތްތައް އާންމު ހާކަތަށް ގެނެސްފައިމިވަނީ 28 މެއި ގައި ކަމާބެހޭ ފަރާތްތަކުން އިއުލާނުކުރި ލުއިތަކާއެކު އެވެ.

އެ ކުންފުނިން ބުނީ މިއަދުން ފެށިގެން ކުންފުނިން ދެމުންގެންދާ ހުރިހާ ހިދުމަތްތަކެއް ކުރިއެކޭވެސް އެއްފަދައިން ލިބެމުންދާނެކަމަށާއި އަދި މި ތިން ރަށުގެ ހިދުމަތްތައް ކަމާ ބެހޭ ފަރާތްތަކުން ވަކިގޮތެއް އަންގަންދެން މެދުނުކެނޑި ލިބެމުންދާނެކަމުގެ ޔަގީން ކަސްޓަމަރުންނަށް އެކުންފުނިން ވަނީ ދީފައި އެވެ.

ކުންފުނިން ބުނީ މާލެ ސަރަހައްދުގައި އާންމު އުސޫލުން ހިދުމަތްތައް ފޯރުކޮށްދޭން ފެށުމުން އެކަން އާންމުކޮށް އިއުލާނުކުރާނެ ކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ކުންފުނީގެ 24 ގަޑިއިރު ގުޅޭ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 ގުޅުމުން ލިބިގެންދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355