ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް 19 ޕެންޑެމިކް އާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިއުލާންކޮށްފައިވާ ބައެއް ހާއްސަ އޮފަތަކުގެ މުއްދަތު ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
އެގޮތުން ކަސްޓަމަރުންނަށް ލުޔެއް ހޯދާދިނުމުގެ ގޮތުން އިތުރު ޑޭޓާ އާއި ހާއްސަ ޕޭމަންޓް ޕްލޭންތަކެއް ވަނީ މާޗް މަހު ތައާރަފްކޮށްފައެވެ. އަދިވެސް ޕެންޑަމިކްގެ ހާލަތު ކުރިއަށް ދާތީ އުރީދޫން ވަނީ އޮފާތައް ޖޫން މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ.
ޖޫން މަހުގެ ނިޔަލަށް ލިބިވަޑައިގަންނަވާ ހާއްސަ އޮފަތަކަކީ
- ޖޫން 15 ގެ ކުރިން އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރައްވާ ކޮންމެ މަންތްލީ ޑޭޓާ ޕެކަކަށް 50% އިތުރު ޑޭޓާ ހިލޭ ލިބިވަޑައިގަންނަވާނެއެވެ.
- ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހިލޭ 25% ޑޭޓާ ޖޫން މަހުގެ ނިޔަލަށް ލިބިވަޑައިގަންނަވާނެއެވެ.
- ސުޕަރނެޓް ފިކްސްޑް ބޮރޯޑްބޭންޑް ކަސްޓަމަރުންނަށް ދުވާލަކަށް 5 ޖީބީ ޑޭޓާ މުޅިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ. ނަންގަވާފައިވާ ސުޕަރނެޓް ޕްލޭންއަށް ހަމަޖެހިފައިވާ ޑޭޓާ ހަމަވުމުން، އެދުވަހަކަށް ލިބޭ މި 5ޖީބީ ޑޭޓާ، އެޕް މެދުވެރިކޮށް ހިލޭ އެކްޓިވޭޓް ކޮށްލެވޭނެއެވެ.
- ފަސޭހަ މިނީ ގެންގުޅުއްވާ ކަސްޓަމަރުންނަށް 50% ބޯނަސް ޑޭޓާ ޖޫން މަހުގެ ނިޔަލަށް ލިބިވަޑައިގަންނަވާނެއެވެ.
- އެމް-ފައިސާ މެދުވެރިކޮށް ސުޕަރނެޓް، ޕޯސްޓްޕެއިޑް އަދި ފަސޭހަ ބިލް ދެއްކެވުމުން ބިލްގެ %5 އަނބުރާ އެމް-ފައިސާ ވޮލެޓަށް ލިބިވަޑައިގަންނަވާނެއެވެ.
އުރީދޫ މޯލްޑިވްސްއިން މިނިންމުން މިގޮތަށް ނިންމާފައިވަނީ މި ޕެންޑެމިކް ކުރިއަށް ދާ ހިނދު އެއްވެސް މެދުކެނޑުމަކާއި ނުލާ، ލުއިފަސޭހަކަމާއި އެކު، ފޯނާއި އިންޓަނެޓް މެދުވެރިކޮށް މުޖުތަމައުއަށް ފުރިހަމަ މަޢުލޫމާތު ލިބި، އެކަކު އަނެކަކުގެ ހާލުބަލާ ގުޅުން ބޭއްވުމުގެ ފުރުސަތު ލިބުމަކީ މިވަގުތު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކި މިކަމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.