ކޮވިޑް-19 ޖެހިގެން ރާއްޖެއިން ހަތް ވަނަ މީހަކު މަރުވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މަރުވެފައި ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ހުޅުމާލެ އައިސޮލޭޝަން ފެސިލިޓީގައި ބަހައްޓާފައި ހުރި 89 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ.
Today at 06:20am, an 89 year old Maldivian Female in Hulhumale' Isolation Facility has passed away.
— Health Protection Agency (@HPA_MV) June 2, 2020
This is the 7th COVID-19 death in the Maldives.
Our thoughts and prayers are with the bereaved family. May Allah grant her soul eternal peace in heaven.
މިއީ ކޮވިޑް-19 ގައި ރާއްޖޭން މަރުވި ހަތް ވަނަ މީހާ އެވެ. އަދި ދިވެހި ހަތަރު ވަނަ މީހާ އެވެ. އިއްޔެވެސް ވަނީ މި ބަލީގައި މީހަކު ރާއްޖެއިން މަރުވެފަ އެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ 1829 އަށް އަރާފައިވާއިރު ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 488 އަށް އަރާފަ އެވެ. ބަލީގައި 7 މީހުން މިހާތަނަށް މަރުވެފައި ވާއިރު އޭގެތެރޭގައި ހިމެނެނީ 4 ދިވެހިންނާއި ބަންގްލަދޭޝް 3 މީހުންނެވެ.