twitterviber whatsapp telegramfacebookyoutube instagram
29th March 2024

ލަލީގާގެ މެޗުތައް މިމަހު 11 ގައި އަލުން ފަށަނީ

Jun 2, 2020

އެންމެ މަޤްބޫލް އެއް ފުޓްބޯޅަ ލީގް ކަމުގައި ވާ ސްޕެނިޝް ލަލީގާ ޖޫން 11 ގައި އަލުން ފެށުމަށް ތަައްޔާރުވެއްޖެ އެވެ.

އެގޮތުން ފުރަތަމަ މެޗް ގައި ވާދަ ކުރާނީ ރެއަލް ބެޓިސް އަދި ސެވިއްޔާ ކަމަށް ލަލީގާ އިން ވަނީ މިދިޔަ އާދިއްތަ ދުވަހު ހާމަ ކޮށްފައެވެ.

ކޮރޯނާ ވައިރްސް ގެ ސަބަބުން މެދުކަނޑާލާފައި އޮތުމަށް ފަހު އަލުން ފަށާއިރު ފުރަތަމަ ބުރުގެ ނުނިމި ހުރި މެޗްތަށް ޖުމްލަ 4 ދުވަހުން ނިންމުމަށް ހަމަ ޖެހިފައި ވާއިރު ގަދަބާރު ބާސެލޯނާ އާ މަލޯރކާގެ މެޗް ޖޫން 13 ގައި ކުޅުމަށް އޮތް އިރު ޖެހިގެން އަންނަ ދުވަހު ރެއާލްމެޑްރިޑް އަމިއްލަ ދަނޑުގައި އެއިބަރ އާ ބައްދަލު ކުރާނެ އެވެ.

ބާސެލޯނާގެ ދަނޑުގައި ލެގަންްންސް އާ ޖޫން 16 ގައި ބައަދަލުކުރާއިރު މެޑްރިޑް ވެލެންސިއާ އާ 2 ދުވަސް ފަހުން ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ލަލީގާ އިން ހާމަކުރި ގޮތުގައި ޖުލައި 19 ގެ ނިޔަލަށް ފުޓްބޯޅަ ސީޒަން ނިމެން ޖެހޭނެ އެވެ.

ސްޕެއިން ގެ ސްޕޯރޓްސް ކައުންސިލުން މިދިޔަ ހުކުރުދުވަހު ނެރުނު ބަޔާނެއްގައި ވާގޮތުން ސްޕެއިން ފުޓްބޯލް ފެޑެރޭޝަން އަދި ލަލީގާ ވަނީ މިހާރު މެޗްތައް ކުޅުމަށް ހެދިފައި މިވާ ފޯމެޓަށް ސްޕެއިންގެ ފުޓްބޯޅައިގެ އެންމެ މަތީ 2 ޑިވިޝަންގެ ބާކީ އޮތް 11 ބުރު ކުޅެ ނިންމުމަށް އެއްބަސް ވާ ކަމަށް ހާމަކޮށްފައެވެ.

މިގޮތަށް މެޗްތަށް ކުޅުމަށް ރޭވިފައި ވާއިރު ކޮންމެ ޓީމަކަށް ވެސް ދެމެޗު ދޭތެރެއިން އެންމެ މަދުވެގެންވެސް 72 ގަޑިއިރު އަރާމުކުމަށް ލިބޭނެކަމަށް ލަލީގާ އިން ބުނެއެވެ. ކޮރޯނާގެ ނުރައްލާ ތެރި ބަލިމަޑުކަމަށް ލީގު މެދުކަނޑާލި އިރު ރެއާލްމެޑްރިޑްގެ މަށްޗަށް 2 ޕޮއިންޓް ގެ ލީޑް އަކާއެކު ތާވަލްގެ އެއްވަނައިގައި އޮތީ ބާސެލޯނާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355