twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޔަމަނަށް އެހީވުމަށް މިނިސްޓަރު ޝާހިދު ގޮވާލައްވައިފި

ނަބީލާ އިސްމާޢީލް
Jun 3, 2020

ޔަމަނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޔަމަނަށް ދިމާވެފައިވާ ހިއުމަނިޓޭރިއަން ކްރައިސިސްއާ ގުޅޭގޮތުން ބޭއްވި ބައިނަލްއަގްވާމީ މަތީ ފަންތީގެ ބައްދަލުވުމެއްގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ޔަމަނަށް ޖެހިފައިވާ ހާލަތުން އަރައިގަތުމަކީ އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމާ ގުޅިފައިވާ ކަމެއް ކަމަށް ކަމަށެވެ. އެ ސަރަހައްދުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެން، ޔަމަނުގައި އުޅޭ 24 މިލިއަން މީހުން ދަނީ ބަނޑުހައިހޫނުުކަން ތަހައްމަލު ކުރަމުން ކަމަށާއި ގިނަ ބަޔެއްގެ ގެދޮރު ގެއްލިފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.

ކޯވިޑް-19 ގެ ސަބަބުން ޔަމަނަށް އެހީތެރިކަން ފޯރުވައިދިނުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ ޔަމަންގައި ބައިނަލްއަޤްވާމީ އިންސާނީ އެހީއަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ކޮންމެފަދަ ހާލަތެއްގައިވެސް އެއެހީ ހުއްޓުމެއްނެތި ފޯރުވައިދެވޭނެ އިންތިޒާމް ހަމަޖެހެން ޖެހޭކަމަށެވެ.

އަދި ޔަމަނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ބައިނަލްއަޤްވާމީ މުޖްތަމައު ގުޅިގެން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޔަމަންގެ ހާލު ބަޔާންކޮށް އެގައުމަށް ބައިނަލްއަގުވާމީ އެހީ ފޯރުވައިދިނުމާ ގުޅޭގޮތުން ބޭއްވި މިބައްދަލުވުމުގައި އދ.ގެ މެމްބަރު ގިނަ ގައުމުތަކުންވަނީ ޔަމަނަށް އެހީތެރިކަން ދިނުމަށް ވައުދުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355