twitterviber whatsapp telegramfacebookyoutube instagram
20th April 2024

ލަންކާގައި ތިބި ދިވެހިން ރާއްޖެ ގެންނަނީ

Jun 7, 2020

ސްރީލަންކާގައި ނާދެވި ތާށިވެފައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަ ބޭނުންވާ ފަރާތްތަކަށް ހާއްސަ ދަތުރެއް ބާއްވަން ނިންމައިފި އެވެ.

ފްރިން މިނިސްޓްރީން ބުނީ ފްލައިޓް ބާއްވަން ހަމަޖައްސާފައިވަނީ މިމަހު 10 ވަނަ ދުވަހު އެވެ. މިހުން ގެންނަން ހަމަޖެހިފައިވަނީ ސްރީލަންކަން އެއާލައިންގެ ފްލައިޓެއްގައެވެ.

މި ފްލައިޓުގައި ގެންނަނީ ބޭސްފަރުވާއަށް ގޮސް އަނބުރާ ރާއްޖެ ނާދެވި ތިބި ފަރާތްތަކާ، ފަތުރުވެރިންގެ ގޮތުގައި ލަންކާއަށް ގޮސް ނާދެވި ތިބި ފަރާތްތަކާއި، ކިޔަވާ ދަރިވަރުންގެ ތެރެއިން ކޯސް ނިމި، ރާއްޖެ އަށް އަނބުރާ ނާދެވި ތިބި ފަރާތްތައް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

މީގެެ އިތުރުން ސިއްހީ ސަބަބުތަކަށްޓަކައި އަނބުރާ އަންނަން ބޭނުންވާ ފަރާތްތައް އަދި ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އެނބުރި އަންނަން ބޭނުންވާ ފަރާތްތައް ވެސް މި ފްލައިޓުން ރާއްޖެ ގެންނާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

ނަމަވެސް މިނިސްޓްރީ އިން ބުނީ ފްލައިޓްގެ ސީޓިން ކެޕޭސިޓީއަކީ ލިމިޓެޑް ކެޕޭސިޓީއެއްކަމުން އަންނަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ފުރަތަމަ ފްލައިޓުން ޖާގަ ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ފްލައިޓްގައި ޖާގަ ހުރި މިންވަރަކުން އިތުރު ފަރާތްތަކަށް ވެސް ޖާގަ ދެވޭނެ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި އިތުރު ފްލައިޓްތައް ކޮލޮމްބޯއިން މާލެއަށް ބާއްވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

މިނިސްޓްރީ އިން ބުނީ ލަންކާގެ އިތުރުން ދިވެހިން ތިބި އެހެން ގައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން ކޮންމެހެން ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ބޭރު ގައުމުތަކުން ރާއްޖެ އަންނަ ދިވެހިން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާ އުސޫލެއްގެ މަތިން، ކަނޑައަޅާ މުއްދަތަކަށް ކަރަންޓީން ކުރެ އެވެެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355