twitterviber whatsapp telegramfacebookyoutube instagram
26th April 2024

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހދ އަތޮޅުން ތިން މީހަކު ހައްޔަރުކޮށްފި

ނަބީލާ އިސްމާޢީލް
Jun 8, 2020
1

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. އަތޮޅުގައި މަސްތުވާތަކެތީގެ ތިން އޮޕަރޭޝަނެއް ހިންގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި ތިން އޮޕްރޭޝަނުގައި ވެސް ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނުން ކަމަށާއި އެއީ 33 އަހަރުގެ މީހެއްގެ އިތުރުން 57 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެއް ކަމަށެވެ.

މީގެ ތެރެއިން 33 އަހަރުގެ މީހާ އާއި 57 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ އިއްޔެ ކުޅުދުއްފުށީގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ. އަދި 38 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހަނިމާދުއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި މަހުގެ 6 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ.

ފުލުހުން ބުނީ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ ދެ އޮޕަރޭޝަނުގައި، 33 އަހަރުގެ މީހާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 24 ސެލޯފިންކޮޅު ފެނިފައިވެއެވެ. އަދި 57 އަހަރުގެ މީހާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތް ސެލޯފިންކޮޅު ފެނިފައިވެއެވެ.

ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ކުޅުދުއްފުށިން ހަނިމާދުއަށް އައި ލޯންޗަކުން ފައިބައިގެން ދަނިކޮށް އޭނާ ހުއްޓުވައި ބަލައި ފާސްކުރިިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި ދެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުން ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355