twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދިރާގުން ހިއްސާ އަކަށް 12 ރުފިޔާ ބަހަން ފާސްކޮށްފި

ނަބީލާ އިސްމާޢީލް
Jun 11, 2020

ދިރާގުން އެ ކުންފުނީގެ ވޭތުވި އަހަރުގެ ފައިދާ އިން ހިއްސާއަކަށް 12 ރުފިޔާ ބަހަން ނިންމައިފި އެވެ.

މިއަދު އޮންލައިންކޮށް އެ ކުންފުނީގެ 68 ހިއްސާދާރުންނާއި އެކު ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި މިގޮތަށް ވަނީ ނިންމާފަ އެވެ.

ދިރާގުން މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާ އިން ހިއްސާ އަކަށް 12 ރުފިޔާ ބަހަން މިއަދު ފާސްކޮށްފައިވާއިރު އެއީ އިންޓެރިމް ޑިވިޑެންޑުގެ ގޮތުގައި 4.14 ރުފިޔާ އަދި ފައިނަލް ޑިވިޑެންޑުގެ ގޮތުގައި 7.86 ރުފިޔާ އެވެ.

ދިރާގުގެ ވާޗުއަލް އަހަރީ އާންމު ޖަލްސާ އާއި ގުޅޭގޮތުން ދިރާގުގެ އެމްޑީ އަދި ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުން އަލަށް އަހަރީ އާންމު ޖަލްސާ ވާޗުއަލްކޮށް ބޭއްވުމަކީ ތަފާތު ތަޖުރިބާ އެއް ކަމަށާއި ކުރިއެރުމެއްގެ ކަމަށެވެ.

ދިރާގުން ބުނީ މިދިޔަ އަހަރު ކުންފުނީގެ މޯބައިލް ފިކްސްޑް ބްރޯޑްބޭންޑް، އެންޓަޕްރައިޒް އަދި މެނޭޖްޑް ސާވިސް ކެޓެގަރީތަކުގެ ކަސްޓަމަރުން އިތުރުވެ ޓެލެ ކޮމިއުނިކޭޝަންސް ސިނާއަތުގައި ދިރާގުގެ މާކެޓް ޝެއާ ހިފެހެއްޓިފައިވާ ކަމަށެވެ.

ފާއިތުވެދިޔަ އަހަރަކީ ދިރާގަށް އެކި ގޮތްގޮތުން ކާމިޔާބު އަހަރެކެވެ. އެގޮތުން، މިދިޔަ އަހަރު އެ ކުންފުނި ވަނީ ދެކުނު އޭޝިއާ ސަރަހައްދުގައި 5ޖީގެ ހިދުމަތް ތައާރަފު ކުރި ފުރަތަމަ ކުންފުންޏަށް ވެފަ އެވެ. އަދި ބްރޯޑްބޭންޑް އިންޓަނެޓް ސްޕީޑް މަތިކުރުމަށްޓަކައި 1ޖީބީޕީއެސްގެ އަލްޓްރާ ފާސްޓް އިންޓަނެޓް ގޭބިސީތަކާއި ވިޔަފާރި ކަސްޓަމަރުންނަށް ދިރާގުން ވަނީ ފޯރުކޮށްދީފަ އެވެ. މިވަގުތު މި ހިދުމަތް ފޯރުކޮށްދެމުން ދަނީ 13 ރަށެއްގަ އެވެ.

އަދި މިދިޔަ އަހަރުގެ އޭޕްރިލް މަހު ތަޢާރަފުކުރި "ޑިޖިޓަލް ރާއްޖެ" ޕްރޮގުރާމް ވެގެންދިޔައީ ދިރާގުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ހެޔޮ ބަދަލުތަކެއް ގެނެސްދިން ފްރޮގުރާމަކަށެވެ. އެގޮތުން ދިރާގުން ވަނީ "ހައި ސްޕީޑް ފައިބާ ޓު ދަ ހޯމް"ގެ ހިދުމަތް ރާއްޖޭގެ 75 ޕަސެންޓު ގޭބިސީ އަށް މިހާރު ފޯރުކޮށްދީފަ އެވެ. ދިރާގުގެ ފައިބާ ނެޓްވޯކް ދިވެހިރާއްޖޭގެ 58 ރަށަކަށް ފުޅާ ކުރުމުގެ މަޝްރޫއުގެ ނަތީޖާއެއްގެގޮތުން މި ނެޓްވޯކަކީ މިހާރު ރާއްޖޭގައި އޮތް އެންމެ އަވަސް، އެންމެ ބޮޑު ފައިބަ ނެޓްވޯކު ކަމަށް ދިރާގުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355