twitterviber whatsapp telegramfacebookyoutube instagram
11th February 2026

ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިންޓަރ ހައުސް ބަހުސް މުބާރާތް 2011 ގެ ޗެމްޕިއަންކަން ވީނަސް ހައުސް ހޯދައިފި

May 10, 2011

އިބްރާހިމް ހަމީދު

ހދ. އަތޮޅު ތަޢުލީމީ މަރުކަޒު އިންޓަރ ހައުސް ބަހުސް މުބާރާތުގެ ޗެމްޕިއަންކަން ވީނަސް ހައުސް ހޯދައިފިއެވެ.

ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން އެސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް މުހައްމަދު  ވިދާޅުވީ އެސްކޫލުގެ ކިޔަވާ ކުދިންގެ ގުޅުމުން އިންތިޒާމް ކޮށްގެން އެސްކޫލުގައި އޮންނަ  ވީނަސް، ޕްލޫޓޯ، މާކަރީ އަދި މާޒް ހިމެނޭގޮތަށް ހަތަރު ހައުސްގެ މެދުގައި މިމަހު 02 އިން 05 ކަށް ކުރިއަށް ދިޔަ މުބާރާތުގެ ޗެމްޕިއަން ހައުސަކަށް ވީނަސް ހައުސް ހޮވިފައިވާކަމަށާއި އެމުބާރާތުގެ އިނާމް ދިނުން ތަންކޮޅެއްފަހުގެ ތާރީހެއްގައި ބޭއްވޭނެ ކަމަށެވެ.

އެމުބާރާތުގެ ކޯޑިނޭޓަރު އައިޝަތު އާދަމް ވިދާޅުވީ މުބާރާތުގައި ކޮންމެ ހައުސެއް ދެބަހުސް ކުރުމަށްފަހު ހުކުރު ދުވަހުއޮތް ފައިނަލް ބަހުސްގައި ވީނަސް ހައުސް ޗެމްޕިއަންކަން ހޯދާފައިވަނީ މާޒް ހައުސްއާ ބައްދަލުކޮށްގެން ކަމަށާއި މިމުބާރާތަކީސްކޫލުގެ އަދަބީ ހަރަކާތްތައްކުރިއަށް ގެންދިއުމަށާއި ބަހުސް ކުރުމަށް ކުދިން އަށަގެންނެވުމަށް ކުރިއަށް ގެންދެވުނު ބަހުސް މުބާރާތެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355