twitterviber whatsapp telegramfacebookyoutube instagram
16th February 2026

އަންނަ މަހުން ފެށިގެން މާފަރު އެއާޕޯޓް އިންޓަނޭޝަނަލް ޕްލައިޓްތަކަށް ތައްޔާރުވަނީ

ޚަދީޖާ އާދަމް
Jun 14, 2020

ޖުލައި އެކަކުން ފެށިގެން މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ފުލީ ފަންކްޝަނަލް އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށް މޯލްޑިވިއަން އިން ބުނެފި އެވެ.

މިދިޔަ ޑިސެމްބަރު އެކެއްގައި އޮޕަރޭޝަންތައް ފެށި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް އިންޓަނޭޝަނަލް ދަތުރުތައް ފެށުމާ ގުޅޭގޮތުން ޓްރާންސްޕޯޓު މިނިސްޓްރީ މީގެ ކުރިން ވަނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް އިންޓަނޭޝަނަލް ޕެސެންޖާ ފްލައިޓްސް ޖަައްސައި ހިދުމަތް ދޭނެ ކެޕޭސިޓީ ނެތްކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ރޭ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ ޑިރެކްޓާ އޮފް ގްރައުންޑް އޮޕަރޭޝަންސް އަހުމަދު އިބްރާހިމް ވިދާޅުވީ މާފަރު އެއާޕޯޓު އިންޓަނޭޝަނަލް އޮޕަރޭޝަންތަކަށް ތައްޔާރުކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ޖުލައި އެކަކުން ފެށިގެން މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ފުލީ ފަންކްޝަނަލް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި މަސައްކަތް ފެށޭނެ ކަމަށެވެ.

މާފަރު އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737 ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. މާފަރު އެއާޕޯޓުގެ ރަންވޭ ބޯއިން 777 ޓްވިން ޖެޓް ޖެއްސޭ ވަރަށް ބޮޑު ކުރުމަށް ނިންމާ، އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ވަނީ އިއުލާނު ކޮށްފަ އެވެ.

މާފަރު އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ އަބޫދާބީ ފަންޑުގެ އެހީގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355