twitterviber whatsapp telegramfacebookyoutube instagram
20th December 2025

ޕާކިސްތާން ހައިކޮމިޝަން އަޅަން ހުޅުމާލެއިން ބިން ދީފި

ނަބީލާ އިސްމާޢީލް
Jun 15, 2020

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކުރާ ޑިޕްލޮމެޓިކް އެންކްލޭވްގައި ޑިޕްލޮމެޓިކް މިޝަން ގާއިމްކުރުމަށް ރާއްޖޭގައި ހުންނަ ޕާކިސްތާން ހައިކޮމިޝަނަށް ބިން ދޫކޮށްފިއެވެ.

ޕާކިސްތާން ހައިކޮމިޝަނަށް ބިން ދޫކުރީ ވާޗުއަލްކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ލިޔުން ހަވާލުކޮށްދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. ލިޔުމާ ހަވާލުވެވަޑައިގެންނެވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާތަރް މުހްތާރު އެވެ.

ކުރީ ސަރުކާރުން ޕާކިސްތާނަށް އެމްބަސީ ހެދުމަށް 3،000 އަކަފޫޓުގެ ބިމެއް ދިނުމަށް ނިންމާފައި ވީ ނަމަވެސް، މި ސަރުކާރުން ވަނީ 12،000 އަކަފޫޓުގެ ބިމެއް ދީފަ އެވެ. ޕާކިސްތާން ސަފީރު މިއަދުގެ ރަސްމިއްޔާތުގައި ވިދާޅުވީ އެ ގައުމުގެ ވެރިރަށް އިސްލާމްއާބާދުގެ ޑިޕްލޮމެޓިކް އެންކްލޭވްގެ މެދުތެރެއިން 24،000 އަކަފޫޓުގެ ބިމެއް ރާއްޖެއަށް ދޭނެ ކަމަށެވެ.

މާލޭގައި ޤާއިމްކޮށްފައި ހުރި ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް ހުޅުމާލެއަށް ބަދަލުކޮށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޑިޕްލޮމެޓިކް އެންކްލޭވް އެއް ޤާއިމްކުރުމަށް ސަރުކާރުން ނިންމީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުންނާއި، ޑިޕްލޮމެޓިކް މިޝަންތަކަށް ރައްކާތެރިކަން ދިނުމަށް ސަލާމަތީ ހިދުމަތްތަކަށް ފަސޭހަކުރުމުގެ ގޮތުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355