twitterviber whatsapp telegramfacebookyoutube instagram
10th September 2025

ކޮވިޑަށް ކުރި ހޭދަ 963.6 މިލިއަން ރުފިޔާއަށް އަރައިފި

ނަބީލާ އިސްމާޢީލް
Jun 24, 2020

ކޮވިޑް-19 އިން ރައްކާތެރިވުމައް އަޅާ ފިޔަވަޅުތަކައް މިހާތަނަށް 963.6 މިނިއަން ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަ ކޮށްފި އެވެ.

ކޮންމެ ހަފްތާއަކު ފިނޭންސް މިނިސްޓްރީން އާންމު ކުރާ "ވީކްލީ ކޮވިޑް-19 ސްޕެންޑިން ރިޕޯޓް" ގައިވާ ގޮތުން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް 963.6 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. މިއީ މިދިޔަ ހަފުތާއާ ހަމައަށް ކުރި ހޭދައާ އަޅާ ބަލާއިރު 2.2 ޕަސެންޓް އިތުރު ވުމެކެވެ.

ކޮވިޑުން ރައްކާތެރިވުމަށް އެންމެ ބޮޑު ހޭދައެއް ކޮއްފައިވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރަށެވެ. އެ ގޮތުން އެ ސެންޓަރަށް 634.7 މިލިއަން ރުފިޔާ ހޭދަ ކޮއްފައި ވެއެވެ. ހެލްތް މިނިސްޓްރީން ކުރާ މަސައްކަތް ތަކަށް 145.9 މިލިއަން ރުފިޔާ ވަނީ ހޭދަ ކޮށްފަ އެވެ.

ރިޕޯޓުގައިވާ ގޮތުން ކޮވިޑް-19 ގެ ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ސިއްހީ ދާއިރާ އަށް ބޭނުންވާ ސާމާނު ހޯދުމާއި ހިދުމަތްތައް ގާއިމް ކުރުމަށެވެ. އެގޮތުން ސިއްހީ ސާމާނު އެތެރެ ކުރުމަށް 464.9 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ.

ރާއްޖެއިން މިހާތަނަށް 2238 މީހަކަށް ވަނީ ކޮވިޑް ބަލި ޖެހިފަ އެވެ. ނަމަވެސް އޭގެ ތެރެއިން 1829 މީހަކު ވަނީ މިހާތަނަށް ބަލިން ރަނގަޅުވެފަ އެވެ. މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 399 މީހުންނެވެ. އޭގެ ތެރެއިން 3 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެނެވެ. މި ބަލީގައި ރާއްޖެއިންވަނީ 8 މީހުން މަރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355