twitterviber whatsapp telegramfacebookyoutube instagram
9th August 2020

ހަނިމާދޫ މަގުހެދުމުގެ ބޮޑުބައި ނިމިއްޖެ: އެމްޓީސީސީ

ނަބީލާ އިސްމާޢީލް
Jul 1, 2020
2

ހދ. ހަނިމާދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެ ކަމަށް އެ ޕްރޮޖެކްޓް ކުރިއަށް ގެންދާ އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ހަނިމާދޫ ބޮޑެތިމަގުތައް އެއްވަރުކުރުމުގެ 52 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި ކާރބްސްޓޯން ޖެހުމުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. ފެން ހިންދާ ވަޅުތަކާއި ފެން ދައުރުވާ ހޮޅިތައް ވަނީ އަޅާނިމިފަ އެވެ.

މި ޕްރޮޖެކްޓް ތެރޭގައި އުޅަނދު ދުއްވުމަށް މަގުގެ 38،916 އަކަ މީޓަރ ސަރަހައްދެއް ގައި ތާރުއަޅާ އަދި 16،518 އަކަ މީޓަރ ޕޭވްމަންޓް ނިމިގެން ދާނެ ކަމަށެވެ. މީގެ އިތުރުން ފެންހިންދުމުގެ ނިޒާމުގެ މަސައްކަތާއި މަގު ބަތްތި ދިއްލުމަށް ބޭނުންވާ ނަރު އެޅުމާއި މީގެ އިތުރުން، މަގުބައްތި ހަރުކުރުމާއި، 19،679 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޓްރެފިކް ނިޝާންތައް ކުރެހުމާއި، ޓްރެފިކް ނިޝާން ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫގެ 18 މަގެއްގައި ތާރުއަޅައިގެން ތަރައްގީކުރުމަަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީއިން ބުނީ 46.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި ޕްރޮޖެކްޓް 240 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރެވޭ ކަމުގައެވެ.

ހަނިމާދޫ މަގުތައް ތާރުއަޅާ ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު ފުރަތަމަ ފަށާފައިވަނީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާހުރެ އެ މަސައްކަތް އެންމެ އެދެވޭގޮތެއްގައި ކުރިއަށްގޮސްފައިނުވާތީ، މަގު ހެދުމުގެ މަޝްރޫއު ސަރުކާރުން އަލުން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މޭ މަހު 22 ވަނަ ދުވަހު އެވެ. އަދި އެ މަޝްރޫއުގެ އަމަލީ މަސައްކަތް 15 ޖޫން 2019 ގައި އެކުންފުނިން ވަނީ ފަށާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355