twitterviber whatsapp telegramfacebookyoutube instagram
19th April 2024

އަމިއްލަ ޕްރީސްކޫލްތަކަށާއި ޤުރުއާން ކްލާސްތަކަށް އެހީވަނީ

Jun 30, 2020

ކޮވިޑް-19 ގެ ސަބަބުން ގުރުއާން ކްލާސްތަކާއި އަމިއްލަ ޕްރީސްކޫލުތަކަށް އަދި ކޮމިޔުނިޓީ ޕްރީސްކޫލުތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީވުމަށް އެފަދަ ތަންތަނަށް މާލީ އެހީ ދޭން ނިންމައިފި އެވެ.

މި އެހީއަށް އެދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި ގުުރުއާން ކްލާސްތަކާއި ޕްރީސްކޫލުތަކަށް މާލީ އެހީދިނުމަށް ޒަކާރު ފަންޑުން 1.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވެއެވެ.

ކޮވިޑާ ގުޅިގެން ޒަކާތު ފަންޑުގެ ދަށުން ލިބިފައިވާ އެހީ ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކާއި އެފަރާތްތުގައި ހުންނަންޖެހޭ ޝަރުތުތައް އަދި، ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައިވާ މިންވަރުވެސް މިނިސްޓްރީ އިން ވަނީ އާންމުކޮށްފަ އެވެ.

މި އުސޫލުގެ ދަށުން އެހީގެ ފައިސާ ދޭން ނިންމާފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގައި ރެޖިސްޓްރީ ކޮށްގެން ހިންގާ ޤުރުއާން ކްލާސްތަކަށާއި، އަމިއްލަ ޕްރީ ސްކޫލުތައް އަދި ކޮމިޔުނިޓީ ޕްރީސްކޫލުތަކަށެވެ.

އެގޮތުން ޤުރުއާން ކްލާސްތަކަށް ޖުމްލަ ފަސް ލައްކަ ދިނުމަށް ނިންމާފައިވާއިރު ޕްރީ ސްކޫލުތަަށް ދޭން ހަމަޖެހިފައިވަނީ ޖުމްލަ އެއް މިލިއަން ރުފިޔާއެވެ.

މި އެހީއަށް އެދި ހުށަހަޅާ ގުުރުއާން ކްލާހަކީ 18 އަހަރުން ދަށުގެ ކުދިންނަށް ކިޔަވައިދޭ، އަދި 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓު މިނިސްޓްރީ އަށް ހުށަހަޅާފައިވާ ތަނަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ގުރުއާން ކްލާހުން އެހީ ހޯދުމަށް ފޯމު ހުށަހަޅާއިރު، ރަށުކައުންސިލުން، އެ ކްލާހަށް ހާޒިރުވާ ދަރިވަރުންގެ މައުލޫމާތުއެކުލެވޭ ލިސްޓެއް ކައުންސިލްގެ ތައްގަނޑު ޖަހައި ކައުންސިލްގެ ރައީސްގެ ސޮޔާއެކު ފޮނުވަންޖެހެއެވެ.

ފައިސާގެ އެހީއަށް އެދި ހުށަހަޅާ އަމިއްލަ ގުރުއާން ކްލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިޔުނިޓީ ޕްރީސްކޫލްތަކުން އެކަމަށްއެދި ހުށަހަޅާ ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު ފުރިހަމަ ކުރުމަށްފަހު ޖުލައި 15 ވަނަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް ××× ފޮނުވަން ޖެހެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355