twitterviber whatsapp telegramfacebookyoutube instagram
5th July 2025

މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައް މާދަމާ ފަށަނީ

Jun 30, 2020

ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއްރަށުން އަނެއްރަށަށް ދަތުރުކުރުން މަނާކުރުމާއި ގުޅިގެން މޯލްޑިވިއަންގެ ދަތުރުތައް މެދުކަނޑާލާފައި އޮތުމަށްފަހު މާދަމާއިން ފެށިގެން އެތެރޭގެ އުދުހުންތައް ފެށުމަށް ނިންމައިފި އެވެ.

އެގޮތުން ދަތުރުކުރުމުގެ ކުރިން އެޗް.ޕީ.އޭއިން އަދި ރަށު ކައުންސިލްތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް މޯލްޑިވިއަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެގޮތުން މާލެ ސަރަހައްދުން އަތޮޅުތެރެއަށް ދަތުރުކުރާ ފަރާތްތައް ރަށަށް ދިޔުމަށްފަހު ހޯމް ކަރަންޓީން ފުރިހަމަ ކުރަންޖެހެއެވެ. މިކަމަށްޓަކައި ދަތުރުކުރުމުގެ ކުރިން 'ހާލު ބެލުން" ޕޯޓަލްގައި ރަޖިސްޓްރީވާން ޖެހެއެވެ. އަދި ޓެކްސްޓު މެސެޖެއް މެދުވެރިކޮށް ހޯމް ކަރަންޓީންވާން އެދޭ ފަރާތްތަކުގެ ހުއްދަ ފޮނުވާނެއެވެ.

އަދި އަތޮޅުތެރެއިން މާލެއަށް ދަތުރުކުރާ ފަރާތްތައް އެންއީއޯސީ-ޕޮލިސް ޕޯޓަލް މެދުވެރިކޮށް ދަތުރުކުރުމުގެ ހުއްދަ ނަގަންޖެހެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355