twitterviber whatsapp telegramfacebookyoutube instagram
29th March 2024

އާއިލާ މެންބަރުންގެ މާލީ ބަޔާން އާންމު ނުކުރަން ފާސްކޮށްފި

Jul 1, 2020

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މެންބަރުންގެ އަނބިން އަދި ފިރިންނާއި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން އާންމުނުކުރާ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މެންބަރުގެ އާއިލާގެ މާލީ ބަޔާންތައް އާންމުނުކުރާ ގޮތަށް ގަވާއިދަށް އިސްލާހު ގެންނަން 62 ފާސްކުރީ މެންބަރުންގެ ވޯޓުންނެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކުރި ގަވާއިދު މިހާރު އޮންނަ ގޮތުން މެންބަރުގެ އިތުރުން މެންބަރުގެ އަނބި / ފިރިންނާއި 18 އަހަރު ނުވާ ދަރިންގެ މާލީ ބަޔާންތައް އަމީންއާންމަށް ހުށަހަޅަން ޖެހެ އެވެ. އަދި މަޖިލީހުގެ ވެބްސައިޓްގައި އެ މާލީ ބަޔާންތައް އާންމު ކުރަން ޖެހެ އެވެ.

ކޮމިޓީ ރިޕޯޓަށް އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އިސްލާހެއް ހުށަހެޅުއްވި އެވެ. އެއީ މަޖިލީހުގެ އަމީންއާންމަށް މާލީ ބަޔާންތައް މެންބަރުން ހުށަހެޅުއްވުމަށް، އޮޑިޓަ ޖެނެރަލްގެ އޮފީހަށް އެ ބަޔާންތައް އަމީންއާންމު ފޮނުވަން ޖެހޭ ގޮތަށް ގަވާއިދަށް މާއްދާއެއް އިތުރު ކުރުމަށެވެ. މި އިސްލާހު ވަނީ 65 މެންބަރުންގެ ވޯޓުން ފާސްކޮށްފައެވެ.

މަޖިލީހުގެ ގަވާއިދު ކުރިން އޮންނަ ގޮތުން މެންބަރުންނާއި އާއިލާގެ މާލީ ބަޔާންތައް ހުށަހަޅަން ޖެހެނީ އަމީންއާންމަށް އެކަންޏެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި މި މާލީ ބަޔާންތައް މެންބަރުން ހުށަހަޅަން ޖެހެނީ ކޮންމެ އަހަރެއްގެ އޮގަސްޓް މަސް ނިމުމުގެ ކުރިންނެވެ. ހުށަނާޅައިފިނަމަ ޖަލްސާތަކާއި ކޮމިޓީތަކުގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑް ކުރަން ޖެހެ އެވެ. އަދި ސަސްޕެންޝަންގެ މުއްދަތުގައި މެންބަރުގެ މުސާރަ ވެސް ކެނޑިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355