twitterviber whatsapp telegramfacebookyoutube instagram
15th January 2021

ކުޅުދުއްފުށީން ވަގަށް ނަގާފައިވާ ދެ ގްރައިންޑަރު ހޯދައި މީހަކު ހައްޔަރުކޮށްފި

ނަބީލާ އިސްމާޢީލް
Jul 2, 2020
1

ކުޅުދުއްފުށިގައި މަސައްކަތް ކުރަމުންދާ ސައިޓަކުން ވަގަށް ނަގާފައިވާ ދެ ގްރައިންޑަރު ހޯދައި، އެތަކެތި ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފި ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން ހާމަކުރި ގޮތުގައި ވައްކަމުގެ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއްކަމާއި އެ މީހާއަކީ ވައްކަމުގެ ރިކޯޑު އޮންނަ މީހެއްކަމަށެވެ.

އެމީހާ ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވައްކަމުގެ މައްސަލައަކާ ގުޅިގެން އިއްޔެގެ ވަގުތެއްގައެވެ. ވަގަށް ނަގާފައިވާ ދެ ގްރައިންޑަރު ހޯދާފައިވަނީ ކުޅުދުއްފުށީ ފަޅުގެއެއްގެ ތެރޭގައި ފޮރުވާފައިވަނިކޮށެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މި މައްސަލަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355