twitterviber whatsapp telegramfacebookyoutube instagram
16th April 2024

އައިޖީއެމްއެޗުގައި ތިބި ހުރިހާ ބަލިމީހުން ކޮވިޑަށް ޓެސްޓްކުރަނީ

Jul 4, 2020

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗަށް ގެންދާ ހުރިހާ ޕޭޝަންޓުން ކޮވިޑް-19 އަށް ޓެސްޓުކުރުމަށް އެ ހޮސްޕިޓަލުން ނިންމައިފި އެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ޕޭޝަންޓަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުން ކޮވިޑް-19އަށް ޓެސްޓް ކުރުމުގެ އިންތިޒާމުތައް ކުރިއަށްވުރެ ހަރުދަނާކޮށްފައި ވާކަމަށެވެ.

އެގޮތުން އެހޮސްޕިޓަލަށް ގެންނަ ހުރިހާ ބަލިމީހުންވެސް ކޮވިޑަށް ޓެސްޓްކުރުމަށް އެހޮސްޕިޓަލުން ނިންމާފައިވާ ކަމަށެވެ. ފަރުވާގެ ފެންވަރު ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގެތެރެއިން އިމަރޖެންސީ ހާލަތެއްގައި ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން މަޑުނުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކުރިއަށް އޮތްތަނުގައިވެސް އެމާޖެންސީ ފަރުވާދޭނެކަމުގެ ޔަގީންކަން އެހޮސްޕިޓަލު ދެ އެވެ.

އައިސީޔޫގައި އޮތް ބަލި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ބައެއް އެހެން ހިދުމަތްތަކަށްވެސް ވަނީ ބަދަލުގެނެސްފަ އެވެ. އަދި އެމީހާއާއި ކޮންޓެކްޓް ވީ މީހުންނާއި އެވަގުތު އައިސީޔޫގައި ތިބި ހުރިހާ އެންމެން ޓެސްޓުކޮށްފައިވާކަމަށާއި އެއެންމެނާއި ބައްދަލުވީ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްވެސް މިހާރު ކުރިއަށް ދާކަމަށެވެ. މީގެއިތުރުން އައިސީޔޫގައި ތިބި މީހުން މިހާރު އެހެން ވޯޑަކަށް ބަދަލުކޮށްފައިވާކަމަށް އެހޮސްޕިޓަލުން ބުނެ އެވެ.

އެ މީހާ ޕޮޒިޓިވްވުމާއި ގުޅިގެން ކޮޓެކްޓްވިކަމަށް ބެލެވޭ މީހުންޓެސްޓް ކުރި އިރު ދެ ބަލިމީހަކާއި 4 މުވައްޒަފަކު ވަނީ ޕޮޒިޓިވްވެފަ އެވެ. ޓެސްޓްގެ ނަތީޖާ ޕޮޒިޓިވްވި އެންމެން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާއަށް ބަދަލުކޮށްފައިވާއިރު ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ވަގުތީ ގޮތުން ބަލިމީހުން އައިސީޔޫއަށް ވެއްދުން މަޑުޖައްސާލާފައިވާކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. އަދި އައިސީޔޫއިން ދޭންޖެހޭ ފަރުވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްފަހު ހޮސްޕިޓަލުގެ އެހެން ސަރަޙާއްދެއްގައި ދެމުންގެންދާނެކަމަށްވެސް އެހޮސްޕިޓަލުން ބުންޏެވެ.

މިހާތަނަށް ރާއްޖެއިން 2410 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރެއިން 1976 މީހަކު ރަނގަޅުވެފައިވާއިރު މިހާރު ފަރުވާ ހޯދަމުން އަންނަނީ 419 މީހުންނެވެ. 10 މީހުން ވަނީ މި ބަލި ޖެހިގެން ރާއްޖެއިން މަރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355