twitterviber whatsapp telegramfacebookyoutube instagram
26th April 2024

ފަގީރުންނާއި މިސްކީނުންގެ ދަފްތަރު މުރާޖާއާކުރަނީ

ނަބީލާ އިސްމާޢީލް
Jul 7, 2020

ކުޅުދުއްފުށީގައި ރަޖިސްޓްރީވެފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފުތަރު މުރާޖާއަކުރުމަށް ފޯމު ހުށައެޅުމުގެ ފުރުސަތު ކުޅުދުއްފުށީ ކައުންސިލުން ހުޅުވާލައިފި އެވެ.

އެކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ 1440 ވަނަ އަހަރުގެ މުދަލުޒަކާތް ބެހުމަށްޓަކައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރު މުރާޖާއާކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައިވާތީ މިހާރު އެކުލަވާލާފައިވާ ދަފުތަރުގައި ރަޖިސްޓްރީވުމަށް ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމުގަ އެވެ.

ނަމަވެސް މިއަހަރު ފިތުރު ޒަކާތް ބަހާފައިވާ ދަފްތަރުގައި ހިމެނޭ ފަރާތްތަކުން ދަފުތަރުގައި އަލުން ރަޖިސްޓްރީ ވުމަށް ނުޖެހޭނެ ކަމުގައި މިނިސްޓީން އަންގާފައިވާކަމަށެވެ.

ކައުންސިލުން ބުނީ މިއީ ދަފުތަރުގައި ރަޖިސްޓްރީ ވެފައިނުވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ފުރުސަތެއް ކަމާއި ދަފުތަރުން ވަކިވާން ބޭނުންވާ ފަރާތްތަކާއި ދިރިއުޅޭ ރަށް ބަދަލުވެގެން މިހާރުގެ ރަށުގެ ދަފުތަރަށް ބަދަލުވުމަށް އެދޭނަމަ އެކަން ބަޔާންކޮށް ސިޓީ ހުށައަޅަން މިނިސްޓްރީން އަންގާކަމަށެވެ.

ދަފުފަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފޯމް މިއަދުން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް 08:00 ން 13:00 އަށް ކައުންސިލްގެ ރަސްމީ ކައުންޓަރުން ލިބޭނެ ކަމަށާއި ފޯމް ބަލައިގައި ގަތުންވެސް މިމަހުގެ 23 ވަނަ ދުވަހުގެ 09:00 ން 13:00 އަށް ކުރިއަށް ދާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355