twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދެވަނަ އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

Jul 7, 2020

ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާގެ ހާލަތުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކޮށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލްގައި ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާގެ ހާލަތެއްގެ ސަބަބުން ޝަރީއަތުގެ މަޖިލީހަށް ހާޒިރުވުމުގައި ރައްކާތެރިކަމެއް ނެތުން ނުވަޔަ ޖޯގުރަފީ ގޮތުން ރަށްތަކާއި ސަރަހައްދުތައް އެތުރިފައިވާ ގޮތުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް, މޫސުމީ ގޮތުންނާއި ހަރަދުގެ ގޮތުންނާއި ނުވަތަ ޖިނާއީ އަދުލުގެ ނިޒާމު ހިންގުމުގެ އިންތިޒާމުތައް އެ ރަށެއްގައި ނުވަތަ އެ ސަރަޙައްދެއްގައި ގާއިމުކުރެވިފައިވާ ގޮތްތަކަށް އެ ވަގުތަކު އޮތް ހުރަސްތަކާއި ގޮންޖެހުންތަކަށް ރިއާޔަތްކުރުމާއެކު، އަދި ހުށަހެޅިފައިވާ މައްސަލައެއް ނިންމުމަށް ލަސްވުން މެދުވެރިވެ، އަދުލު އިންސާފު ގާއިމުކުރުމަށް ބުރޫއަރާފާނެ ހާލަތްތަކަކީ ހާއްސަ ހާލަތްތަކެއް ކަމަށް ފަނޑިޔާރަށް ކަނޑައެޅިދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ނަމަވެސް މިގޮތަށް ޝަރީޢަތްތައް ކުރިއަށް ގެންދެވޭނީ އެގޮތަށް އެކަން ކުރުމަށް ކުށުގެ ތުހުމަތުގައިވާ ފަރާތް ނުވަތަ ދައުވާ ލިބޭ ފަރާތް އިއުތިރާޒު ނުކުރާނަމައެވެ. މި ބިލް މަޖިލީހުން ފާސްކުރީ ޖޫން މަހުގެ 29 ވަނަ ދުވަހު އެވެ.

އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ކުރިއަށްގެންދާ ޝަރީއަތްތަކުގެ މަޖިލިސްތަކުގެ ރެކޯޑިން އެ މައްސަލައެއް ނިމޭ ތާރީހުން ފެށިގެން 25 އަހަރު ދުވަހުގެ މުއްދަތަށް ރައްކާތެރިކޮށް ބަލަހައްޓަން ޖެހޭގޮތަށް ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ތިރީސްވަނަ ބާބުގެ ކުރިއަށް ކުއްލި ނުރައްކަލުގެ ހާލަތެއްގައި ނުވަތަ ކާރިސާއެއްގައި ހާއްސަ އުސޫލުތައް ހިނގުމާ ބެހޭ ބާބެއް އިތުރުކޮށް މި ބިލުގައި ހިމަނާފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355