twitterviber whatsapp telegramfacebookyoutube instagram
4th July 2025

ބޭސް ފަރުވާއަށް އިންޑިއާ އަށް ދިއުމުގެ ފުރުސަތު ހުޅުވާލައިފި

Jul 8, 2020

ރާއްޖެއިން ލިބެންނެތް ބޭސް ފަރުވާގެ ހިދުމަތްތަކަށް އާސަންދައިގެ ދަށުން ނޫނަސް އިންޑިއާއިން ބޭސްފަރުވާކުރުމަށް އެގައުމަށް ދިއުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ފޮރުން މިނިސްޓްރީ އިން ބުނީ ކްރިޓިކަލް ކެއަރ ބޭނުންވާ ފަރާތްތަކުގެ ތެރެއިން އިންޑިއާއަށް ދިޔުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ފޮރިން މިނިސްޓްރީގެ ކޮންސިއުލަރ ޑިޕާޓްމަންޓަށް އީމެއިލް ކުރުމުން އެކަންތައް ކުރިއަށްދާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ މިއީ ރާއްޖެއިން ލިބެން ނެތް، ކްރިޓިކަލް ފަރުވާ ހޯދާ ފަރާތްތަކަށް ހާއްސަކޮށް އިންޑިއާ ސަރުކާރުން ދިން ފުރުސަތެއް ކަމަށެވެ.

ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާއަށް ދިޔުމުގެ ހުއްދައަށް އެދުނުނަމަވެސް، ދަތުރުކުރެވޭނީ އިންޑިއާ ސަރުކާރުން ބަލަން ޖެހޭ ކަންތައްތައް ބެލުމަށްފަހު، ހުއްދަ ދޭ ފަރާތްތަކަށް ކަމަށާއި، ދަތުރުކުރުމުގެ ހުއްދަ ލިބޭ ފަރާތްތަކުން އިންޑިއާއަށް ދިޔުމަށް، މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މެޑިކަލް ވިސާ ނަގަން ޖެހޭނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

އަދި މިގޮތަށް ބޭސްފަރުވާއަށްދާ ފަރާތްތަކުން އިންޑިއާގައި ތިބުމާއި، ކަރަންޓީންވުމުގެ އިންތިޒާމްތަކާއި، ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސަން ޖެހޭނީ އެފަރާތަކުން އަމިއްލައަށް ކަމަށެވެ.

މި ކަމައީ ގުޅޭ ގޮތުން އިތުރު މައުލޫމާތު ބޭނުންވާނަމަ 7983400 އަށް ގުޅުމަށް ފޮރިން މިނިސްޓްރީން އެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355