twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުނި މެނޭޖުކުރުމުގެ ބޮޑު މަޝްރޫއެއް ފަށައިފި

Jul 8, 2020

މާލެ އާއި ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަދި ވ. އަތޮޅު ހިމެނޭގޮތަށް އެ ސަރަހައްދަށް ހާއްސަ ސަރަހައްދީ ފެންވަރުގެ ކުނި މެނޭޖުކުރުމުގެ ނިޒާމެއް ގާއިމުކުރުމުގެ މަޝްރޫއެއް ފަށައިފި އެވެ.

މިއީ 98 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެކެވެ. އެންވަޔަރަންމެންޓް މިނިސްޓްރީއިން ބުނެފައިވަނީ އެ މަޝްރޫއު ކުރިއަށްދާއިރު އެ މަޝްރޫއާ ގުޅޭގޮތުން ހޭލުންތެރިކުރުން މުހިއްމު ކަމަށެވެ. އެހެންކަމުން ކުންޏާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް ބޭރުގެ ޖަމިއްޔާއަކާ ގުޅިގެން ޖޮއިންޓް ވެންޗާއެއް ކުރިއަށް ގެންދިޔުމަށް އެއްބަސްވެފައި ކަމަށެވެ.

"ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް"ގެ ނަމުގައި އެންވަޔަރަންމެންޓް މިނިސްޓްރީއިން ފެށި މަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ގެ ހިލޭ އެހީއާއެކު ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެގޮތުން އާންމު ހޭލުތެރިކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ލިވް އެންޑް ލާން އެންވަޔަރަންމެންޓް އިންކް އޮސްޓްރޭލިއާ އާއެކު 13 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

އެއްބަސްވުމުގެ ދަށުން އާންމުން ހޭލުންތެރިކުރުމަށް ޕްރޮގްރާމް ޑިޒައިންކުރުމާއި އަމަލީގޮތުން އެ މަސައްކަތް ތިން އަހަރަށް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީއިން ބުންޏެވެ.

އޭގެއިތުރުން ތިލަފުށީގައި ކުނިއަންދަމުންދާ ސަރަހައްދުން ހުއްޓުމެއްނެތި އަރަމުންދާ ދުން ހުއްޓުވުމާއި އެތަން ރަނގަޅުގޮތުގައި މެނޭޖްކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ސަރުކާރުގެ މަޝްރޫއުގެ ދަށުން ކުރިއަށްދާނެއެވެ. އެގޮތުން ކުނި މެނޭޖުކުރުމަށްޓަކައި ބޭނުންވާ ހެވީ ވެހިކަލް ގަތުމަށް ދެ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. އެ ދެ އެއްބަސްވުމުގެ ޖުމްލަ އަދަދަކީ 72.8 މިލިއަން ރުފިޔާ ކަމަށް މިނިސްޓްރީއިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355