twitterviber whatsapp telegramfacebookyoutube instagram
28th March 2024

ހުކުމާއި އެއްގޮތަށް ޔާމިން ފައިސާ ނުދެއްކުމުން އޭޖީން ކޯޓަށް ދިއުމަށް ނިންމައިފި

Jul 9, 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމާ އެއްގޮތަށް މުއްދަތު ހަމަވިއިރު ވެސް ފައިސާ ދައްކާފައިނުވާތީ ބަންޑާރަ ނައިބު ކޯޓަށް ދިޔުމަށް ނިންމަވައިފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ، ހުކުމާ އެއްގޮތަށް ރައީސް ޔާމީން ފައިސާ ދައްކާފައިނުވާތީ އެ ފައިސާ ހޯދުމަށް ކޯޓަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެއް މިލިއަން ޑޮލަރު، ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމާއެކު ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައި އޮތީ ފަސް މިލިއަން ޑޮލަރު މީރާ މެދުވެރިކޮށް ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށެވެ.

އެހެންނަމަވެސް އެ މުއްދަތު މެއި 28 ވަނަ ދުވަހާއި ހަމައަށް ހަމަވެފައިވާއިރު، ފައިސާ ދައްކާފައި ނުވާތީ އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން ކުރަން ޖެހޭ ކަންކަން މިހާރު ކުރަމުންދާ ކަމަށާއި އެކަން ނިމުމާއެކު މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާނެ ކަމަށް ބަންޑާރަ ނައިބު އޮފީހުން މައުލޫމާތު ދެއެވެ.

ފަސް މިލިއަން ޑޮލަރު ދެއްކުން ފަސްކޮށް ދިނުމަށް ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އެވެ. ނަމަވެސް އެ ކޯޓުން ނިންމާފައިވަނީ އެކަން ފަސްކުރުމުގެ އަމުރެއް ނެރޭނެ ތަނެއް ނެތް ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމްގެ އިސްތިއުނާފީ އަޑުއެހުންތައް މިހާރު ހައިކޯޓުގައި ކުރިއަށްދެ އެވެ. އިއްޔެ ވެސް އެ މައްސަލާގެ އަޑުއެހުމެއް އޮތެވެ. އެ އަޑުއެހުމުގައި ރައީސް ޔާމީން ވަނީ ސިޔާސީ ގޮތުން އެމަނިކުފާނަށް ފަސް މިލިއަން ޑޮލަރު ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355