twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ސޮނީގެ ހުރިހާ ޗެނަލެއް ދިރާގު ޕްލޭ އަށް

Jul 11, 2020

ދިރާގުން ދާދި ފަހުން ތައާރަފުކުރި "ދިރާގު ޕްލޭ" މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް މިހާރު ސޮނީގެ ހުރިހާ ޗެނަލްތައް ބަލާލެވޭނެއެވެ.

މި މޮބައިލް އެޕްލިކޭޝަނަކީ ލައިވް ޓީވީ، އަދި ވީޑިއޯ އޮން ޑިމާންޑްގެ ތަފާތު ގިނަ ކޮންޓެންޓް ބަލާލެވޭނެ ގޮތަށް ހަދާފައިވާ މޮބައިލް އެޕްލިކޭޝަނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގު ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ދިރާގު ޕްލޭގެ ޕެކޭޖް ސަބްސްކްރިޕްޝަނަކާއެކު ބޭނުން ކުރެވޭ މި އެޕްގެ މުޅިން އާ ޕެކޭޖް ކަމަށްވާ "ޕްލޭ މޯ" ޕެކޭޖް އިންޓްރޯޑަކްޓަރީ އޮފަރގެ ދަށުން 30 ރުފިޔާ އަށް ސަބްސްކްރައިބް ކޮށްލެވޭނެ ކަމަށާއި މި ޕްކޭޖްގައި ކަސްޓަމަރުންނަށް މިހާރު 34 ޗެނަލް ބަލާލެވޭނެވެ. ޕެކޭޖްގެ ވެލިޑިޓީއަކީ އެކްޓީވޭޓް ކުރާތާ 30 ދުވަސް ކަމަށް ވެސް ދިރާގުން ބުނެ އެވެ.

މިއީ ހަމައެކަނި ލައިވް ޓީވީ ބަލާލެވޭ އެޕްލިކޭޝަނެއް ނޫނެވެ. މި އެޕަކީ އެންމެ ފަހުގެ ސްޓްރީމިންގ ހިދުމަތްތަކުގައި އެކުލެވޭ ޒަމާނީ ފީޗަރ ތައް ހިމަނައިގެން ފަރުމާ ކޮށްފައިވާ އެޕެކެވެ. އެގޮތުން، މި އެޕުން ޕްރޮގުރާމްތައް ކުރީބައިގައި ރިކޯޑް ކޮށް، އަދި ހަދާންނެތިގެން ބޭނުންވާ ޕްރޮގުރާމެއް އެއް ބަލާނުލެވިއްޖެ ހާލަތެއްގައި އަލުން އެ ޕްރޮގުރާމެއް ބަލާ ވެސް ލެވޭނެއެވެ. ހަމައެއާއެކު ބަލަމުން ގެންދާ ޕްރޮގުރާމެއް ބަލަމުން ދާ އިރު އަލުން އެ ޕްރޮގުރާމެއް ފަށައިގެން ބަލާލެވޭނެއެވެ.

ދިރާގުޕްލޭ މިހާރުވެސް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރއިން ހިލޭ ޑައުންލޯޑްކޮށްލެވޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ދިރާގުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ މުނިފޫހިފިލުމުގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް މުއްސަދިކުރުމަށެވެ. އެގޮތުން ހަބަރު، ކުޅިވަރު އަދި ލައިފްސްޓައިލް ކޮންޓެންޓް ފަސޭހަކާއެކު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355